މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ބޯކޮށް ވާރޭ ވެހި ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެ 📍 ހދ. ނޮޅިވަރަންފަރު

ބޯކޮށް ވާރޭ ވެހި ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށު ޗައިނާ ސައިޓުގައި ފެންބޮޑުވެފައިވާ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެހީވެ، ފެންހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް ގިނަ މީހުން ގޮސްދިނުމަށް އެދޭ ކަމަށެވެ. ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ރެޔާއި މިއަދު ހެނދުނު ރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެ...

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް! 📍 ހއ. ހޯރަފުށި

ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް!

ތިލަދުންމަތީ ހޯރަފުއްޓަށް އުފަން މުހައްމަދު އަރުހަމް، ރަހުމް ކުޑަ ގޮތަކަށް މަރާލީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ވަޅިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވީ އޭނާވީ ލޮރެންޒޯ ޕާކް ތެރޭގަ އެވެ. އެ ހިތާމަ އަރުހަމްގެ އާއިލާއާ ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ. އަދިވެސް އެމީހުން ތިބީ ހަމަ އެ ހިތާމާގައި އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގަ އެވެ. އޭނާގެ މަރާ ގުޅިގެން ދައުވާ ކުރީ ހަތަރު މީހަކަށެވެ. ލައްކަ ދުވަހު ކުރިމިނަލް […]

ނ. ހަސަން
ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި އެވެ. ފުލުހުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ކުމުންދޫ ގެއެއް ބަލައި ފާސްކުރި އިރު ސިޙުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުން ތަކެއް ފެނިފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން މީހަކު ޙައްޔަރުކޮށްފައިނުވާއިރު، ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ތިލަދުންއަށް މަޢުލޫމާތު ދީފައެވެ. ކުމުންދޫއިން ވާހަކަ ދެއްވިމީހަކު...

ޝިއުނާ އާދަމް
ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން މެޖިސްޓްރޭޓް ހަނީފް އާ ގުޅިގެން ޖޭއެސްސީއިން ތަހުޤީގު ކުރަމުން ދިޔަ ޝަކުވާ، ތަހުގީގު ކޮމިޓީން ތަހުގީގުކުރަމަށް ފަހު ރިޕޯޓެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ޝަކުވާގައި ހިމެނޭ ފަނޑިޔާރު ހަނީފުއަށް ތައުބީދީ ފިޔަވަޅުގެ ގޮތުން ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމ...

އިބްރާހިމް އަސްވާޤް
ހަނިމާދޫ ފަޅުގައި އޮތް ޑިންގީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފަޅުގައި އޮތް ޑިންގީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ

ހދ. ހަނިމާދޫ ފަޅުގައި އޮތް ހދ. ކުރިނބީ ޑިންގީއެއްގައި އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ. މިހާދިސާގައި އަނިޔާވިމީހާގެ މޫނުމައްޗާއި އަތުގެ ވަކިހިސާބެއްފިހި ފޮޅުލާފައިވާކަމަށާއި މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް މިހާދިސާގައި އަނިޔާވި ފަރާތުގެ އާއިލާމީހަކު މިނޫހަށް މަޢުލޫމާތުދެއްވިއެވެ. އެފަރާތުން ވާހަކަ ދައްކަމުން އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ގަބޫލުކުރެވެނީ ޕެޓްރޯލް ޓޭންކުގެ ބޭރުގައި ކޮންމެވެސް ވަރަކަށް ޕެޓްރޯލް ހުރު...

ޝިއުނާ އާދަމް
ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް 📍 ހއ. ދިއްދޫ

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ. “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕޮލިސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. […]

އަޙްމަދު އަސްފާން
ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ

ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް 100,000/-  (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ. އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް ފައިސާގެ އެހީ ދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހަޅާ ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށެވެ. ނ. އަތޮޅު...

ޝިއުނާ އާދަމް
ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިދެރަށުގެ އިތުރުން މިއަހަރު ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށި، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫގައެވެ. މިފަސްރަށުގައި ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ދެއްވާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް...

އިބްރާހިމް އަސްވާޤް
ހދ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ އަތޮޅު ކައުންސިލް އިން އިންތިޒާމް ކުރާ ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި. ހދ އަތޮޅުކައުންސިލްއިން ކޮށްފައިވާ އިއުލާނެއްގައ ވާގޮތުން ހދ އަތޮޅުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އަންނަ ސެޕްޓެންބަރ 20 ވަނަ ދުވަހު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައިކަމަށެވެ.​ މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކ...

އަޙްމަދު އަސްފާން
ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު!

ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު!

ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސަވައިފިއެވެ. މި މަގާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ. އާއިޝަތު ނިޝާ ކުރިން މަސައްކަތް ކުރެއްވީ ސްޕެސިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް (އެސްއޯ) އާއި ސްޓްރެޓީޖިކް ޕްލޭނިންގ ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްކުރަމުންގެންދާ ޕޮލިސް އެކަޑަމީގައެވެ. މި މަގާމަށް ނިޝާ ހަމަޖެއްސެވުމާ ގުޅިގެން ފުލުހުން ވަނީ މަރުޚަބާ ދަންނަވާފައެވެ. އެގޮތުން ފުލުހުން ކޮ...

އިބްރާހިމް އަސްވާޤް
އަރުހަމްގެ މައްސަލާގައި ސިއްރު ހެކި "އޮޅިގެން" ހާމަކުރެވިއްޖެ 📍 ހއ. ހޯރަފުށި

އަރުހަމްގެ މައްސަލާގައި ސިއްރު ހެކި "އޮޅިގެން" ހާމަކުރެވިއްޖެ

ޖޫން، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ދައުލަތަށް އޮޅިގެން ހާމަކުރެވިފައިވާ ކަން ހާމަ ވެއްޖެއެވެ. އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ހަތަރު މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު […]

އަފްރާހް އަބްދުލް ރަޝީދު
ކެލާގެ ކަނޑުލުން ނަފާ ހޯދަން އަތުކުރި އޮޅާލަނީ 📍 ހއ. ކެލާ

ކެލާގެ ކަނޑުލުން ނަފާ ހޯދަން އަތުކުރި އޮޅާލަނީ

މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ އެންމެ މަގުބޫލު އެއް ލަވައަކީ “ވެހޭ ވާރޭ ތެރޭން”އެވެ. މި ލަވައިގައި ކިޔައިދޭ އެއް ވާހަކައަކީ ވާރޭ ވެހެމުންދިޔަ ވަގުތުގައި ކަނޑޫފާ ކުޅިން ޖެހެމުންދިޔަ ފިނި ވައިރޯޅިން ލިބެމުންދިޔަ އަރާމުގެ ވާހަކައެވެ. ދިވެހިންގެ ސަގާފަތުގައި ކުޅިތައް އެކުލެވިފައިވަނީ މިފަދައިންނެވެ. އަޖައިބުކުރަނިވި އަދި ހިތްފަސޭހަ ގުދުރަތުގެ ހަދިޔާއެއްގެ ގޮތުގައެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރ...

Thiladhun
ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭ: އާތިފް

ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭ: އާތިފް

ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލައިގެން، ރަށްރަށުން ގޯތި ދޫކުރުމުގެ ކުރިން ރާއްޖޭގެ އެހެން ތަނަކުން އެމީހަކަށް ގޯޗެއް ނުވަތަ ބިމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ކައުންސިލްތަކުން މިހާރު ހޭދަކުރާ ވަގު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕީޗް ތެރަޕިސްޓުން ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕީޗް ތެރަޕިސްޓުން ހޯދަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސްޕީޗް ތެރަޕިސްޓުން ހޯދަން އިއުލާނު ކޮށްފިއެވެ. ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކުޅުދުއްފުށި ހޮސްޕިޓަލަށް ދެ ސްޕީޗް ތެރަޕިސްޓް އަދި ސީނިއަރ ސްޕީޗް ތެރަޕިސްޓެއް ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރ މަހު 08 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ. ކުޅުދުއްފުށި ހޮސްޕިޓަލުގެ އިތުރުން ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން […]

އަފްރާހް އަބްދުލް ރަޝީދު
ބަނދަރުތަކުގެ މައްސަލަ - އެންމެ ފަހުން ރައްޔިތުންގެ ބޮލަށް!

ބަނދަރުތަކުގެ މައްސަލަ - އެންމެ ފަހުން ރައްޔިތުންގެ ބޮލަށް!

ބަނދަރު ހެދުމުގެ މަސައްތަކުގައި އުޅޭ އިންޖިނިއަރުންގެ މަސައްކަތަށް ރައްޔިތުން ގޮތް ކިޔާތީ ވަރަށް ދަތިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ފައިކަށީގައި އޮންނަ ހުސްތަންކޮޅެއްގެ ސަބަބުން ބަނދަރު ތިލަވަމުންދާ ކަމަށް ވިދާޅުވެ މޮސްޓާ ކުރެއްވި ސުވާލަށް ޖަވާބު ދެއް...

އަފްރާހް އަބްދުލް ރަޝީދު