ބޮޑު ތިލަދުންމަތި
ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.
ބޮޑު ތިލަދުންމަތީގެ އިސް ޚަބަރު
އިތުރު ޚަބަރުތައް
📍 ހއ. ފިއްލަދޫ
1 މިނިޓު
ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި
ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ އެސްޖީގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސި ބޭފުޅާއާ މެދު ހިތްހަމަނުޖެހި، އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފިއެވެ.
📍 ހއ. ދިއްދޫ
1 މިނިޓު
ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް
ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރުމަށާއި ކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
2 މިނިޓު
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި
ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...
📍 ހދ. ކުޅުދުއްފުށި
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި
ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...
📍 ށ. ފުނަދޫ
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި
ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...
📍 ހއ. ވަށަފަރު
2 މިނިޓު
ވަށަފަރުގައި ބާއްވާ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އަތޮޅުގެ ދިގުފެތުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މުބާރާތަކީ ހއ. އަތޮޅަށް ޚާއްސަކޮށްގެން މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަށަފަރު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު 5 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަ
4 މިނިޓު
އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ޕީއެންސީގެ ލީޑާޝިޕަށް ރައީސްގެ ތައުރީފު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ
ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު
📍 ށ. ކޮމަންޑޫ
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި
ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]
📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ
📍 ހދ. ނެއްލައިދޫ
ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން: ގުރުއަތުން ހޮވުނު ފަރާތްތަކަށް ބޮއިލަރާއި ތެލިސެޓްފަދަ ހަދިޔާތައްދީފި
ހދ. ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކަށް ހާޒިރުވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު މީހުންނަށް އެ ރަށު ކައުންސިލުން ހަދިޔާތައް ދީފިއެވެ. މި ހަދިޔާތައް ހަވާލުކޮށްފައިވަނީ “ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031” އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކަށެވެ. ނެއްލައިދޫ ކައުންސިލުން މި ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ، ބައްދަލުވުންތަކުގެ ހާޒިރީ ރަނގަޅުކޮށް،
📍 ހއ. އުތީމު
އުތީމުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކާނަލް ނާޡިމްގެ ޢާއިލާއިން އެ ރަށުގައި މިސްކިތެއް ބިނާކޮށްދެނީ
ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި
އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި
ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ
📍 ހދ. ކުޅުދުއްފުށި
48 ބުޅަލެއް ނިއުޓާކޮށް އަލުން ވެއްޓަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކޭމްޕް ކާމިޔާބު
ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން، 48 ބުޅާ ހިފައި، ނިއުޓާ އަދި ސްޕޭ ކުރުމަށްފަހު، ސިއްހީ ފަރުވާދީ އަލުން ވެއްޓަށް ދޫކޮށްލައިފިއެވެ. މި މަސައްކަތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން “ޓްރެޕް، ނިއުޓާ، ރިލީޒް” ގެ ނަމުގައި ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 […]