މައި ޚަބަރަށް ދިޔުމަށް
ތިލަދުން އަދަބިއްޔާތު

ވާހަކަ އަށި

ކުރު ވާހަކަތަކާއި ސިލްސިލާ އަދަބީ ވާހަކަތައް

14 ސިލްސިލާ ވާހަކަ
5 ވަކި ވާހަކަ
✨ މިހާރު ކުރިއަށްދާ ސިލްސިލާ ވާހަކަ ކުރިއަށްދަނީ

ލޯބިވޭ ނިހާޔަތަށް

34 ބައި އެންމެ ފަހުގެ ބައި: 5 ދުވަސް ކުރިން

ދެ ހިތެއްގެ ދެމެދުގައި އުފެދުނު ވަރުގަދަ ލޯތްބާއި، ދިރިއުޅުމުގެ ތޫފާންތަކުގެ ތެރޭގައި އެ ލޯބި ސަލާމަތްކުރުމަށް ކުރަންޖެހުނު ދިގު އިންތިޒާރާއި ޤުރުބާނީގެ އަސަރުގަދަ ވާހަކަ.

ސިލްސިލާ ވާހަކަ

14 ސިލްސިލާ

ވަކި ވާހަކަތައް

ކުރުވާހަކަ، ޙަޤީޤީ ވާހަކަ އަދި އެހެނިހެން

އެންމެ ފަހުން ޝާއިޢުކުރެވުނު ވާހަކަތައް

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)

25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...

ސަލާމާ ޢަބްދުލް ޢަލީމް ·
ކުރުވާހަކަ: މަންމަގެ ލޮލުން ވެއްޓުނު މުތީ

ކުރުވާހަކަ: މަންމަގެ ލޮލުން ވެއްޓުނު މުތީ

ރަށުގެ އެންމެ އުފާވެރި އާއިލާގެ ލަގަބު ދެވިފައިވަނީ އާގިސާ އާއި ޖާބިރަށެވެ. ޖާބިރަކީ ރަށުގެ އެންމެންގެ އިހުތިރާމް ލިބިފައިވާ، ހިތްހެޔޮ މީހެކެވެ. އޭނާ އާގިސާއަށްޓަކައި ވާ ގުރުބާނީއާއި، ދެމީހުން އެކުގައި ހަވީރު ފިނިބުރު ޖަހަން ނިކުމެ އުޅޭއިރު ފެންނަ ލޯބި މަންޒަރުތަކަކީ އެހެން މީހުންނަށް މިސާލެކެވެ. ޖާބިރު އާގިސާގެ އަތުގައި ބާރަށް ހިފާލައިގެން ހިނގާއިރު، އާގިސާގެ މޫނުމަތިން ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. އެއްވެސް މީހަކަށް އެ ގޭގެ ހަތަރު ފާރުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އަނދިރިކަމެއް...

އަލީ ރިޔާޟް ·
ކުރުވާހަކަ: ކަޅުހަންޑި

ކުރުވާހަކަ: ކަޅުހަންޑި

ސިއްސައިގެން ގޮސް ޢުޘްމާނަށް ބަލާލެވުނީ، ”ހެރީ“ އޭ ކިޔާ ގޮވާލުމުންނެވެ. އެއިރު ހެމާނީއާއި ރޮން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން، އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. ހައިރާންވެފައި ހުރި ޢުޘްމާނަށް ފަހެއް ބަލާލެވުނީ އިތުރު މީހަކު އޭނާގެ ފަހަތުގައި ހުރިތޯ ޔަގީން ކޮށްލުމަށެވެ. އެވަގުތު އިހުނަށްވުރެ ބާރަށް ”ހަރީއަޕް ހެރީ“ އޭ ކިޔާ ހެމާނީ ގޮވާލުމުން، އެމީހުން އެގޮވަނީ ޢުޘްމާނަށް ކަން އެނގުނެއެވެ. ކުރިޔަށް ހިނގައިގަންނަމުން އޭނާއަށް ލައިގެން ހުރެވުނު ހެދުމަށް ނަޒަރު ހިންގާލުމުން އިހުނަށް ވު...

ރޫހީ މިތުރު ·
ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (3)

ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (3)

ކުރީ އަދަދާއި ގުޅޭ “ތީ ކާކުބާ؟ އެއީ އަސްލުވެސް ހުވަފެނެއްތަ؟ އެކަމަކު ކީއްވެ ތަފާތު އިހްސާސެއް ކުރެވެނީ؟ ހުވަފެނެއް ނޫނޭ ހީވަނީ ކީއްވެ؟”. ތަސްވީރަށް ގެއްލިފައި ހުރެ ޝެލިންގެ ދުލުން ބޭރުވަމުން ދިޔައީ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް އެ ހިތަށް ތަސައްލީއެއް ލިބެއް ނެތްކަން ޝެލިންއަށް އަށް އެނގެއެވެ. ހިތުގައި ބިންވަޅު ނެގިފައިވި އެ ސޫރައިން ޝެލިންގެ ހިތާއި ނަފްސަށް ކުރުވަމުން ދިޔައީ ބުނެދޭން ނޭނގޭ އިހްސާސެކެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު […]

މާސާ ·
ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (2)

ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (2)

ކުރީ އަދަދާއި ގުޅޭ ސިޓިންގްރޫމުގައި އިން މައިރާގެ ނަޒަރު ހުއްޓިފައިވީ ގޭގެ ބޮޑު ދޮރާއި ދިމާލަށެވެ. އެހެން އިންނަ އިރު ވާރޭ ވެހޭ މަންޒަރު ނުހަނު ރީއްޗަށް ފެންނަން ހުރުމުން އޭނާގެ ހުރިހާ ސަމާލުކަމެއްވީ އެކަމަށް ހުއްޓިފައެވެ. ކޮޓަރިއަށް ވަތް ގޮތަށް މިކްޔާލްއާއި ޝެލިންވެސް ނުނިކުންނާތީ މައިރާއަށް އިނދެވުނީ ފޫހި ވެފައެވެ. އަށެއްގެ ހަބަރު ފެށުމާއެކު އޭނާ ޗެނެލް ބަދަލުކޮށްލިއެވެ. ބަރާބަރަށް ހަބަރުތައް ކީ ނަމަވެސް ރޭގަނޑުގެ ހަބަރު ބެލުން އެއީ މައިރާ ކޮންމެހެން ވެސް ކުރާ […]

މާސާ ·
ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (1)

ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (1)

އޮއްސެންދިޔަ އިރުގެ އަލިން ކަނޑުގެ ސަތަހައަށް ހީވަނީ ރަންކުލަ ވިރުވާ އަޅާފައިވާ ހެންނެވެ. ކަނޑުގައި އުފެދެމުންދާ ކުދި ބާނިތަކަށް އޭގެ އަލި އެޅި ވިދުމެއް އެކުލެވިފައިވާ ކަހަލައެވެ. އެ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އުޑުގައި ދަތުރު ކުރަމުންދިޔަ ކުލަކުލައިގެ ވިލާ ކޮޅު ތަކުންނެވެ. ދަނބު ކުލައާއި ފިޔާތޮށި އަދި އޮރެންޖު ވިލާތަކުން އެ މާހައުލު ފެންނަމުން ދިޔައީ ޖާދުވީ ގޮތަކަށެވެ. އެ މަންޒަރަށް ނަޒަރު ހުއްޓައިގެން ގޮނޑުދޮށުގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. އުމުރުން ނަވާރަ […]

މާސާ ·
ވާހަކަ: މައެއްގެ ޤުރުބާނީ

ވާހަކަ: މައެއްގެ ޤުރުބާނީ

ކުޑަ ކުއްޖަކު އޭނާގެ މަންމަ އާއި އެކު ސުކޫލަށްދެއެވެ. މަންމަގެ އެއްލޯ ނުހުރެއެވެ. މިކަމާހެދީ މަންމަ އާއިއެކީ ސުކޫލަށްދާން ދަރިފުޅު ވަރަށް ލަދުގަނެއެވެ. އެއީ އެހެންކުދިންގެ މަންމަގެ ދެލޯ ހަމައަށް ހުންނައިރު އޭނަގެ މަންމަގެ ދެލޯ ހަމައަށް ނުހުންނާތީއެވެ. އެކަމާ އޭނަ މަންމަ އަށް ވަރަށް ނަފްރަތު ކުރެއެވެ. އޭނަ ނަފްރަތުކުރާކަން އޭނަގެ މަންމަ އަށް އެގެއެވެ. އެހެންނަމަވެސް މަންމަގެ ވާޖިބު މަންމަ އަދާކުރަމުން ގެންދިއައެވެ. އެ ދަރިފުޅު މަތީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި ބޭރު ޤަޢުމަކަށް […]

އަލީ ރިޔާޟް ·
ވާހަކަ: މުއްސަނދި މީހެއްގެ ހެޔޮ މަރު

ވާހަކަ: މުއްސަނދި މީހެއްގެ ހެޔޮ މަރު

ސަޢުދީ އަރަބިއްޔާގެ އަވަށެއްގައި އުޅުނު ވަރަށް މުއްސަދި މީހެކެވެ. އޭނާއަކީ ވަރަށްގޯސް ނަމާދު ނުކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އެރަށުގައި އުޅޭ ހެޔޮލަފާ މީހުނާއި ޢިލްމުވެރިން އޭނާ އިސްލާހުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ސަބަބަކީ އެފަދަ މުއްސަދި މީހަކު އިސްލާހުވެއްޖެނަމަ އާއްމުރައްޔިތުންނަށާއި މުޖުތަމައަށް ނުހަނު ގިނަ ފައިދާތަށް ކުރާނެތީއެވެ. އޭނާ އިސްލާހުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.  މީސްތަކުން އޭނާއަށް ނަސޭޙަތްތެރިވަމުން މިދަނީ އޭނާ ހައްޖައްދޭތޯއެވެ. ހައްޖަކީ މީހާގެ ދިރިއ...

އަލީ ރިޔާޟް ·