އޭއައިގެ ޕާޓްނާޝިޕް ވަރުގަދަކުރަން އޯޕަންއޭއައިގެ ސީއީއޯ ދެކުނު ކޮރެއާ އަށް ''ސަޕްރައިޒް'' ދަތުރެއް
- އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކުގެ ބޭނުން އާންމު ދިރިއުޅުމުގައި ހިފަމުން އަންނައިރު، މި ވަސީލަތްތަކާ ދައްކާ ވާހަކަތަކަކީ ގާނޫނީ ގޮތުން ސިއްރު ހިފެހެއްޓޭ ކަންކަމެއް ނޫނެވެ. ވަކީލުންނާއި މުވައްކިލުން، ނުވަތަ ޑޮކްޓަރުންނާއި ބަލިމީހުންގެ މެދުގައި އޮންނަ ފަދަ ސިއްރު ހިފެހެއްޓުމުގެ އިމްތިޔާޒު އޭއައި ޗެޓްބޮޓްތަކާ ދައްކާ ވާހަކަތަކަށް ނޯންނާތީ، މީހުން ކުރާ ކުށްތަކަށް ޗެޓްބޮޓްތަކުގެ ކުރިމަތީގައި އިއުތިރާފުވުމުން އެ ވާހަކަތައް ކޯޓުތަކުގައި ހެއްކެއްގެ ގޮތުގައި ބ
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ‘ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ’ އެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކ
ކަނޑުގެ ސައިންޓިފިކް ދިރާސާތަކަށް ހާއްސަކޮށްގެން، މަތިންދާބޯޓު އުފުލާ މަނަވަރެއްގެ ސައިޒަށް ޗައިނާއިން ބިނާކުރާ ދުނިޔޭގެ ފުރަތަމަ އަމިއްލައަށް ދަތުރުކޮށް ބެލެހެއްޓޭ ‘ފްލޯޓިން އައިލެންޑް’ ނުވަތަ ކަނޑުމަތީގެ މަސްނޫއީ ރަށުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ބިޔަ ވަސީލަތަކީ ކަނޑުގެ ސައިންޓިފިކް އިންފްރާސްޓްރަކްޗާގެ ދާއިރާއިން އެ ގައުމުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ މައި ޑިވެލޮޕަރު ކަމަށްވާ ޝަންހާއީ ޖިއާއޯ ޓޮންގް ޔުނިވާސިޓީ (އެސްޖޭޓީޔޫ) އިން ވަނީ މި ޕްލެޓްފޯމް ބިނ
ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް ޖާސޫސުކުރުމަށްޓަކައި، އިސްރާއީލުގެ އިޝްތިހާރު ޓެކްނޮލޮޖީ ކުންފުންޏަކުން އަމާޒުކޮށްގެން ފާރަލަމުންދާ ކަމަށް ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ބުނެފިއެވެ. މި މައްސަލައިގެ މައުލޫމާތު އެނގޭ ހަ ފަރާތަކާ ހަވާލާދީ ހާމަވެފައިވާ ގޮތުގައި، 100 އަށް ވުރެ ގިނަ ގައުމުގައި ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް މި ނުރައްކާ ވަނީ ކުރިމަތިވެފައެވެ. ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ސައިބާ ސެކިއުރިޓީ ކުންފުނި ޓްރެންޑް މައިކްރޯގެ ދަށުން...
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ފިންލެންޑުގެ ސަރަހައްދަކުން ގާތްގަނޑަކަށް 250،000 ގަސް ކަނޑާލުމާ ގުޅިގެން ޓެކްނޮލޮޖީ ކުންފުނި ގޫގުލްއަށް ތިމާވެށީގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މިއާއިއެކު މި މައްސަލައާ ގުޅިގެން ތިމާވެށީގެ ދިރާސާތައް ފުރިހަމަކުރަންދެން އެ މަޝްރޫއުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފިންލެންޑުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަންގާފައެވެ. އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުރާސްފަތި ދުވަހު ޝާއިއުކުރި ތަހުގީގީ ރިޕޯޓެއ...
ޖައްވުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސެޓެލައިޓަކާ ގާތަށް، ވަކި ސަބަބެއް އެނގިފައި ނުވާ ގޮތެއްގައި ރަޝިޔާގެ ސެޓެލައިޓެއް ކައިރިވަމުންދާތީ ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ. ދިފާއީ ދިރާސާވެރިން “ސްޕޭސް ސްޓޯކިންގ” ނުވަތަ “ރޮންޑެވޫ އެންޑް ޕްރޮކްސިމިޓީ އޮޕަރޭޝަންސް” (އާރްޕީއޯ) ގެ ގޮތުގައި ސިފަކުރާ މިފަދަ ހަރަކާތްތަކަކީ ޖައްވީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވެން ފަށައިފަ އެވެ. މިގޮތަށް އެހެން ސެޓެލައިޓުތަކާ ކައިރ...
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކޮށް ބޭނުންކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ، ދުނިޔޭގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސައިބާ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ދުނިޔޭގެ 32 ގައުމެއްގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ އިދާރާތައް ތަމްސީލުކުރާ 300 އަށް ވުރެ ގިނަ ސައިންސްވެރިން ސޮއިކޮށް، އަންގާރަ ދުވަހު އާންމުކުރި ބަޔާނެއްގައެވެ. ސައިން...
ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ފޯލް އިވެންޓުގައި، އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު “އައިފޯން ޑިއޯ” އާއި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ތަޢާރަފުކޮށްފިއެވެ. “ސަޕްރައިޒް އެންޑް ސަންޝައިން” ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެޕަލްއިން ވަނީ ސޮފްޓްވެއާއާއި ހާޑްވެއާއަށް ގެނެސްފައިވާ ގިނަ ބަދަލުތަކެއް އާންމުންނަށް ދައްކާލާފައެވެ. އައިފޯން ޑިއޯ: އައިޕެޑްގެ ފަރުމާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕަލ...
ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ރައްކާތެރިކުރުމުގެ ޤާނޫނުތަކާ (ކޮޕާ) ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ކުރި ދަޢުވާތައް ހައްލުކުރުމަށްޓަކައި، ކުރު ވީޑިއޯ ހިއްސާކުރާ މަޤްބޫލު އެޕްލިކޭޝަން ޓިކްޓޮކާއި އޭގެ މައި ކުންފުނި ބައިޓްޑާންސް އިން 400 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ޓިކްޓޮކުން ވަގުތުން 300 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ، ޓިކްޓޮކްގެ ކުރިން ހިންގި މިއުޒިކަލީއާ ގުޅުންހުރި ކ...
ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ކޮމްޕިއުޓަރާއި، ފޯނު އަދި ޓެބްލެޓްތަކުގައި ބޭނުންކުރާ ރޭމް ގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. 1960 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް އަގު ހެޔޮވަމުން އައި ރޭމްގެ އަގަށް މިހާރު އައިސްފައިވާ ބަދަލަކީ ޓެކްނޮލޮޖީގެ ތާރީޚުގައިވެސް ފެނިފައިނުވާ ފަދަ ބޮޑު ބަދަލެކެވެ. ޓެކްނޮލޮޖީގެ މާހިރުން މިހާރު މި ހާލަތަށް ކިޔަނީ “ރޭމް ޕޮކަލިޕްސް” ނުވަތަ ރޭމްގެ ތަދުމަޑުކަމެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަލަށް ނުކުންނަ ކޮންމެ ފޯނަކާއި […]
މަޝްހޫރު މެސެޖިން އެޕްލިކޭޝަން ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑުރޯވްގެ މައްޗަށް “ޓެރަރިޒަމަށް އެހީތެރިވުމުގެ” ދައުވާ އުފުލައި، އޭނާ ހައްޔަރުކުރުމަށް ރަޝިޔާއިން ބައިނަލްއަގުވާމީ އަމުރެއް ނެރެފިއެވެ. ރަޝިޔާގެ ދާޚިލީ ސަލާމަތާބެހޭ އިދާރާ (އެފް.އެސް.ބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރަޝިޔާއަށް އުފަން ޑުރޯވްގެ މައްޗަށް މި ދައުވާ އުފުލީ ޔޫކްރެއިންގެ ޚާއްސަ ޚިދުމަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުން ރަޝިޔާގައި ހަމަލާތައް ރޭވުމަށް ބޭނުންކުރާ ޗެނަލްތަކާއި ބޮޓްތައް ނައްތާލުމަށް ޓެލެގްރާމުން ދެކޮޅު ހަ...
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަމިއްލަ ފޯނު ނަންބަރު ހާމަނުކޮށް، ޔޫޒާނޭމް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ އާ ފީޗާއެއް ތައާރަފްކުރަން އެ ކުންފުނިން ނިންމައިފިއެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތިން ބިލިއަން ޔޫޒަރުންނަށް މި ފީޗާ ލިބޭނެ ކަމަށް ވަޓްސްއެޕުން ބުނެއެވެ. މި އާ ބަދަލާއެކު، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޔޫޒަރުންނަށް ބޭނުންވާ ނަމެއް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ނަމަވެސް ޔޫޒާނޭމެއް ހެދުމަކީ މަޖުބޫރު ކަމެއް ނޫނެވެ. […]
އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އަގުހެޔޮ މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވޭ “އައިފޯން 17އީ” 2026 ވަނަ އަހަރުގެ މާރިޗު މަހު ނެރެފައިވާއިރު، މި އައު ފޯނުގެ އެތެރޭގެ މުހިންމު ދެ ބައެއް ކަމަށްވާ “ސީ1އެކްސް” ސެލިއުލާ މޮޑެމް އަދި “އެން1” ވައިރލެސް ޗިޕް ފަރުމާކޮށްފައިވަނީ އިސްރާއީލުގައި ހުންނަ އެޕަލްގެ އިންޖިނިއަރިންގ ޓީމުތަކުން އެޕަލުން ބުނެފިއެވެ. އެޕަލް އިން ބުނި ގޮތުގައި، މި ދެ ޗިޕަކީ ވެސް އިސްރާއީލުގެ ހެރްޒްލިޔާ އަދި ހައިފާގައި ހުންނަ އެޕަލްގެ ރިސާޗް އެންޑް […]
އެޕަލް ކުންފުނިން އުފައްދާ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ. މި އާ ފޯނު ބާޒާރަށް ތައާރަފްކުރާނީ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ފޯނު އުފެއްދުމުގެ އިންޖިނިއަރިން ޓެސްޓް މަރުހަލާގައި ބައެއް ގޮންޖެހުންތައް ކުރިމަތިވެ، ފޯނު ނެރުން ލަސްވެދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. އެ...