ފަނޑިޔާރުގެ
ފަނޑިޔާރުގެ ޑެސްކުގެ އިސް ޚަބަރުތައް
މޭޔަރު ސައުދުގެ ޝަރީއަތް: ވަކީލަކު ހޯދަން ފަހު ފުރުސަތު ދީފި
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ […]
އޯޓީޕީ ހޯދައިގެން އެކައުންޓަކުން ބޮޑު އަދަދެއްގެ ފައިސާ ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޭނާގެ އޯޓީޕީ ކޯޑު ހޯދުމަށްފަހު އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތަށް މަކަރާއި ހީލަތުން އެކައުންޓަށް ވަދެ، އެ އެކައުންޓުން […]
އިތުރު ލިޔުންތައް
3 މިނިޓު
ފުލުހުން ނެރެ ކޯޓުތައް ހިފަނީ؟ ޕޯލެންޑުގެ ސަރުކާރާއި ޝަރުއީ ދާއިރާގެ ވަރުގަދަ ކުރިމަތިލުމެއް
ޕޯލެންޑުގެ ސަރުކާރާއި އެ ގައުމުގެ ޝަރުއީ ދާއިރާއާ ދެމެދު ބޮޑު ކޯޅުމެއް އުފެދި، ވެރިރަށް ވޯސޯގައި ހުންނަ ކޮންސްޓިޓިއުޝަނަލް ޓްރައިބިއުނަލްގެ ކޮންޓްރޯލް ހޯދުމަށް ފުލުހުން ނެރެ، ކޯޓުގެ އިސްވެރިން މަގާމުން އެކަހެރިކުރުމާ ގުޅިގެން ސިޔާސީ ގޮތުންނާއި މުއައްސަސާތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ފެށިއްޖެއެވެ. މި މައްސަލައިގެ ސަބަބުން ގައުމުގެ ގާނޫނުއަސާސީއާ ގުޅޭ ބޮޑު ކާރިސާއެއް މިހާރު ވަނީ އުފެދިފައެވެ. ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އިސްވެ ހުންނަވާ ވެރިކަންކުރާ އިއްތިހާދުން ވަނީ އެ ގައުމުގެ ކޮންސްޓިޓި
3 މިނިޓު
އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ނޫޙު ޝަރީއަތް ނިމެންދެން ބަންދަށް، އިތުރު 4 މީހެއްގެ ބަންދު ދަމަހައްޓައިފި
އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ފުލުހުންގެ އިދާރާއިން ހާމަކުރީ ރޭގައެވެ. ފުލުހުން ބުނީ މި
2 މިނިޓު
ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ނިންމުންތަކެއް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ […]
2 މިނިޓު
ޑިންގީއަކާއި އިންޖީނެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ […]
2 މިނިޓު
ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާ ސާލިހް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު […]