މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ތުރާކުނު (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ތުރާކުނުގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
''ދަތުރުވެރިޔާ ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތު''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ތުރާކުނު

''ދަތުރުވެރިޔާ ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތު''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ތުރާކުނު ކައުންސިލްގެ “ދަތުރުވެރިޔާ ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތް 1448” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ތުރާކުނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ތުރާކުނުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން އަށަގަންނުވައި، މި ދާއިރާއިން ވާދަވެރިކަން އުފެއްދުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ...

ފާތިމަތު ސަޙާ
ތުރާކުނު މިސްކިތް ނިންމުމުގެ އަމާޒު ނޮވެމްބަރަށް، ރޯދަ އަށް 14 މިސްކިތެއް ހުޅުވަނީ 📍 ހއ. ތުރާކުނު

ތުރާކުނު މިސްކިތް ނިންމުމުގެ އަމާޒު ނޮވެމްބަރަށް، ރޯދަ އަށް 14 މިސްކިތެއް ހުޅުވަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ 3 މިސްކިތެއް ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ހާމަކުރައްވާފައި ވާއިރު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު ބިނާކުރެވެމުންދާ […]

ޔުމްނާ ޢަލީ
ސްޓެލްކޯއިން ހއ.އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ސްޓެލްކޯއިން ހއ.އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފަށައިފި

ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންގެ ޓީމެއް މިހާރު ދަނީ އެ އަތޮޅަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން، އެ އަތޮޅު ތުރާކުނު އިންޖީނުގެއާއި ހަވާލުވެ އެ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ...

ޔުމްނާ ޢަލީ
ޝިޕް އިމާދުއްދީންގެ އޮޕަރޭޝަނެއްގައި ތުރާކުނު ބޭރުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެ ކުޅުދުއްފުއްޓަށް ގެންދަނީ 📍 ހއ. ތުރާކުނު

ޝިޕް އިމާދުއްދީންގެ އޮޕަރޭޝަނެއްގައި ތުރާކުނު ބޭރުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެ ކުޅުދުއްފުއްޓަށް ގެންދަނީ

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރ...

ޔުމްނާ ޢަލީ
21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް 📍 ހއ. ބާރަށް

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް

ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައް...

އަލީ އާދިލް
ތުރާކުނު ކައުންސިލްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޗެމްޕިއަންޓީމަށް 10،000ރުފިޔާގެ ފައިސާގެ އިނާމާއެކު، ހއ. ތުރާކުނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، “ކައުންސިލް ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދޭ މި މުބާރާތުގައި ރަނަރަޕްޓީމަށް، 5000ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 2،500ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ، މި މުބާރާތުގައި ބައިވެރިވުމަށް އެ ކައުންސިލުން މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. ތުރާކުނު ކައުންސިލުން ހާމަކުރާ ގޮތުގައި، މި މުބާރާތުގައި ހަމައެކަނި ތިން...

ފާތިމަތު ސަޙާ
ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ  📍 ހއ. ތުރާކުނު

ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 

ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޖަލީލު ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ އުމުރުން 84 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ޖަލީލްގެ ވަކިވުމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަ...

ޔުމްނާ ޢަލީ
ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަން ރަމްޒުކޮށްދޭގޮތަށް ތުރާކުނުގައި ޗާލު މޮނިއުމަންޓެއް

ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަން ރަމްޒުކޮށްދޭގޮތަށް ތުރާކުނުގައި ޗާލު މޮނިއުމަންޓެއް

ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ. މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރ...

ޔުމްނާ ޢަލީ
ތުރާކުނު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބިނާކުރި އެކްސްޓެންޝަން އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި އާ އިމާރާތް ހުޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިގްތިސޯދާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު، ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އަދި ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގ...

ޔުމްނާ ޢަލީ
''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ”ޑިޓުވާ” ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، ”ޑިޓުވާ” ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. […]

ޔުމްނާ ޢަލީ
ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ތުރާކުނު ކައުންސިލް ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ތުރާކުނު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތް ހުޅުވާލެވިފައިވަނީ ތުރާކުނު ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ރަށުގެ ރަށްވެހިންނަށް އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކައުންސިލުން އާން...

އައިޝަތު އައިނީ އާމިރު
ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ

ހއ. ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. ތުރާކުނު ކައުންސިލުން ބުނީ، މި އެހީތެރިކަމަކީ ދަރިވަރުންގެ ރަސްމީ ތަޢުލީމާއި، މުދައްރިސުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެދިން އެހީތެރިކަމެއްކަމަށެވެ. އެގޮތުން ތުރާކުނު ކައުންސިލުން ދޭ ފައިސާގެ އެހީ އެ ރަށު ސްކޫލާއި ހަވާލުކުރުމަށާއި ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ސްކޫލުގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާ...

އައިޝަތު އައިނީ އާމިރު
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!

އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!

އިދިކޮޅު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން “ރަން ރީނދޫ” ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ. މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މިދަންމަރު، ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ކުރިއަށްގެންދިޔަ މި ދުވުމުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. ފަންސަވީހަކަށް މިނެޓަށް […]

އަލީ އާދިލް
ވަށަފަރާއި ތުރާކުނު ސިއްޙީމަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކޮށްފި 📍 ހއ. ތުރާކުނު

ވަށަފަރާއި ތުރާކުނު ސިއްޙީމަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކޮށްފި

ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފިއެވެ. މިއަދު މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު ރައީސް، އަލްއުސްތާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި ދެ ރަށުގެ މަސައްކަތް ހަވާލުކުރެވޭ “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ […...

އައިޝަތު އައިނީ އާމިރު
ތެލުގެ ވިޔަފާރި ކުރުމަށް ތުރާކުނު ބަނދަރުން ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ތުރާކުނު

ތެލުގެ ވިޔަފާރި ކުރުމަށް ތުރާކުނު ބަނދަރުން ބިން ކުއްޔަށް ދޫކުރަނީ

ހއ.ތުރާކުނު ކައުންސިލުން އެރަށު ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖައްސައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ proje...

އަލީ އާދިލް