މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ހޮޅުދޫ (25 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
25 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޮޅުދޫގެ އެންމެ ފަހުގެ ޚަބަރުތައް

25 ޚަބަރުގެ ތެރެއިން
އިންތިހާބުތައް މަދުވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވުމޭ ނުބުނެވޭނެ: ޢަބްދުއްސައްތާރު

އިންތިހާބުތައް މަދުވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވުމޭ ނުބުނެވޭނެ: ޢަބްދުއްސައްތާރު

ފަސް އަހަރުގެ ދައުރުގެ ތެރޭގައި އިންތިހާބުތައް މަދުކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފުވުމޭ އިދިކޮޅު ފަރާތްތަކަށް ނުބުނެވޭނެ ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެ އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމައި އެކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި “ދިވެހީންގެރާއްޖެ” ޕްރޮގްރާމުގައި މެމްބަރު ވިދާޅުވީ މިކަމުގެ ސަބަ...

އައިޝަތު ޢާދަމް
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ނ. ހޮޅުދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ހޮޅުދޫ، އަފުސަންތީނު، މުޙައްމަދު ޒިޔާދު (45އ) އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު […]

އަލީ އާދިލް
ރައީސް މުޢިއްޒުގެ މާލިމީ ކަމުގައި ޕީއެންސީގެ "އޮޑި" ދުއްވާލަން ވަރަށް ފަސޭހަވާނެ: ސައްތާރު

ރައީސް މުޢިއްޒުގެ މާލިމީ ކަމުގައި ޕީއެންސީގެ "އޮޑި" ދުއްވާލަން ވަރަށް ފަސޭހަވާނެ: ސައްތާރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީ ކަމުގައި ޕީއެންސީގެ “އޮޑި” ދުއްވާލަން ވަރަށް ފަސޭހަވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު  ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ‘ހަރުގެ’ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާޓީގެ ލީޑަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ޕާޓީގެ މަސ...

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑ...

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާހް ގެނައުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލަކީ އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައްޔިތުން ކުރާ އެންމެ ފޮނި އުންމ...

ޔުމްނާ ޢަލީ
ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

ނ. ހޮޅުދޫގައި ޒަޙަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނެއް ފެނިއްޖެއެވެ. ފުލުހުން ބުނީ، ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑްވެ، އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. ”އެމީހާ ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އެއީ 50 އަހަރުގެ ދިވެހި އަންހެނެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ އެރ...

ޔުމްނާ ޢަލީ
ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި 📍 ނ. ހޮޅުދޫ

ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ބޭރުތޮށި ލުމާއި، 14 [...

އަޙްމަދު ވަހީދު
ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ޙަ...

އަޙްމަދު ވަހީދު
ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި

ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. 3,641,766.02 ރުފިޔާ ( ތިން މިލިއަން ހަލައްކަ ސާޅީސްއެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ދެލާރި) އަށް ހަވާލުކ...

ޔުމްނާ ޢަލީ
ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ހަވާލުކުރައްވައިފި އެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސް އެޓް ނ. ހޮޅުދޫ” ގެ ނަން ދީފައިވާ މި މަޝްރޫއު އާރްޑީސީ އާ ހަވާލުކުރެއްވި 71,089,120.65 (ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. މި މަޝްރޫޢުގެ ދަށުން […]

މުޙައްމަދު އަފްރާޙް
ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި

ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ...

މުޙައްމަދު ވަސީމް
ރައީސް އިއުލާންކުރެއްވީ ހޮޅުދޫގެ ތަރައްގީއަށް ހުރި ގިނަ މަޝްރޫއުތަކެއް

ރައީސް އިއުލާންކުރެއްވީ ހޮޅުދޫގެ ތަރައްގީއަށް ހުރި ގިނަ މަޝްރޫއުތަކެއް

ނ. އަތޮޅު ހޮޅުދޫގެ ތަރައްގީ އަށް މިސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ. ނ. ހޮޅުދޫ މޭނާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެރަށުގެ ސްކޫލް އިތުރަށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަސްގެ ކައިރީ...

ޝިއުނާ އާދަމް
ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއް: ރައީސް 📍 ނ. ހޮޅުދޫ

ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއް: ރައީސް

ނ ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލު ކަމަށެވެ. އެހެން ކަމުން މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް ވިދާޅުވިއެވެ. މޭނާ ސްކޫލު […]

ސަނިއްޔާ އަބޫބަކުރު
ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ: ރައީސް 📍 ނ. ހޮޅުދޫ

ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ: ރައީސް

ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭ...

ޔުމްނާ ޢަލީ
ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި 📍 ށ. ފުނަދޫ

ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަށް ކުރަށްވާ ދަތުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މިދަތުރ...

ޔުމްނާ ޢަލީ