މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މޮޅަދޫ (64 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
64 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މޮޅަދޫގެ އެންމެ ފަހުގެ ޚަބަރުތައް

64 ޚަބަރުގެ ތެރެއިން
މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ 📍 ހއ. މޮޅަދޫ

މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ހއ. މޮޅަދޫ މީހެއް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 5:51 އެހާކަންހާއިރު އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، ޢުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ. މި ކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް […]

އަލީ އާދިލް
މޮޅަދޫ ރައްޔިތުން އެދެނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގައި އީއައިއޭ ރިޕޯޓަށް ޢަމަލުކޮށްދިނުމަށް 📍 ހއ. މޮޅަދޫ

މޮޅަދޫ ރައްޔިތުން އެދެނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގައި އީއައިއޭ ރިޕޯޓަށް ޢަމަލުކޮށްދިނުމަށް

ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތައްޔާރު ކުރައްވައި ކައުންސިލްގެ ޚިޔާލު ހޯދުމަށް ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތުން ދިން ޖަވާބަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އީއައިއޭ ރިޕޯޓާ އެއްގޮތަށް ޢަމަލު ކޮއްދެއްވުމަށް ކަމަށް، މޮޅަދޫ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ކައުންސިލްގެ ޚިޔާލު ހޯދުމަށް އެ ވުޒާރާއިން ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭގޮތުން...

ފާތިމަތު ސަޙާ
ޒުވާނުންގެ ދުވަހު މޮޅަދޫގެ 4000 ފޫޓު ދިގު ތުނޑީމަގުގައި ރުއް އިންދައި ގިނަ ހަރަކާތްތަކެއް 📍 ހއ. މޮޅަދޫ

ޒުވާނުންގެ ދުވަހު މޮޅަދޫގެ 4000 ފޫޓު ދިގު ތުނޑީމަގުގައި ރުއް އިންދައި ގިނަ ހަރަކާތްތަކެއް

ޒުވާނުންގެ ދުވަހާއި ގުޅިގެން ހއ. މޮޅަދޫގައި ރުއް އިންދުމު ބޮޑު ހަރަކާތަކާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ކައުންސިލްގެ ރައީސް އަބުދުލް މުޙްސިން ”ތިލަދުން” އަށް ވިދާޅުވީ މި ރުއް އިންދުމުގެ ހަރަކާތުގައި ދިގުމިނުގައި 4000 އެއްހާ ފޫޓު ހުންނަ އެރަށުގެ ތުނޑީމަގުގެ ދެ އަރިމަތީގައި ހުރި ރުއްތަކުގެ ތެރެއިން ބަލިކޮށް ހުރި ރުއްތައް ނަގައި، އައު ރުއް އިންދާފައިވާކަމަށެވެ. އެ ރުއްތައް ބެލެހެއްޓުމުގެ މަސައްކަތް، ހަމަޖެހިފައި އޮތް އުޞޫލާއެކު ކުރިއަށް ދާނެ ކަމަށާއި ރުއްތައް […]

ފާތިމަތު ސަޙާ
ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި 📍 ހއ. މޮޅަދޫ

ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ހއ. މޮޅަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ކައުންސިލުން ބުނިގޮތުގައި މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މޮޅަދޫ ކައުންސިލުން ވަނީ އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި، މުއައްސަސާތަކުގެ މުވައްޒަފުންނާއި ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ދިން ފުރިހަމަ އެހީތެރިކަމަށ...

ޝިއުނާ އާދަމް
މޮޅަދޫގެ ތާރީޚާއި ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫގެ ތާރީޚާއި ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި

ހއ. މޮޅަދޫގެ ފަޚުރުވެރި ތާރީޚާއި، މުއްސަނދި ސަގާފަތުގެ އިތުރުން ރަށުގެ ހިތްގައިމު ގުދުރަތީ ވެށި ރަމްޒުކޮށްދޭ ކައުންސިލްގެ އައު ‘ބްރޭންޑް އައިޑެންޓިޓީ’ އިއްޔެ ރަސްމީކޮށް އާންމުކޮށްފިއެވެ. މޮޅަދޫ ކައުންސިލުން މައުލޫމާތު އާންމުކޮށްފައިވާ ގޮތުގައި، މި އައު ލޯގޯ ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މޮޅަދޫއަކީ ގުދުރަތީ ގޮތުން މުއްސަނދި، އަދި ހިތްހެޔޮ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ސިފަކޮށްދިނުމަށެވެ. މި ލޯގޯއިން ރަށުގެ ޚާއްސަ ސިފަތައް ފެނިގެންދާއިރު، މިއީ ރަށަށް ރަމްޒުކޮށް...

ޙުސައިން ޝަހުދީ
ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް

ހއ. ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލަޑް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ޔަންގް ބްލަޑް ބައްދަލުކުރީ ހޯރަފުށި 22 ސްޕޯޓްސްއާއެވެ. ވާދަވެރި ކުޅުމަކަށްފަހު ޔަންގް ބްލަޑުން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު ޔަންގް ބްލަޑް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ […]

ޔުމްނާ ޢަލީ
މޮޅަދޫގައި އެއްގަމު ލައިސަންސް ޕްރޮގްރާމެއް 📍 ހއ. މޮޅަދޫ

މޮޅަދޫގައި އެއްގަމު ލައިސަންސް ޕްރޮގްރާމެއް

ހއ. މޮޅަދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ މޮޅަދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، މޮޅަދޫ މަގުތަކަކީ ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާއެއްޗެހި ދުއްވާ ފަރާތްތަކަށް އަމާންތަނަކަށް ހެދުމަށާއި، އުޅަނދުތައް ދުއްވާ ފަރާތްތަކަކީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާފަރާތްތަކަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. C3 އަދި C4 ލައިސަންސް ކެޓަަރީގެ ދަށު...

އައިޝަތު އައިނީ އާމިރު
ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް 📍 ހއ. ބާރަށް

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ. މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް […]

ޔުމްނާ ޢަލީ
މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި

ހއ. މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒު އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާޢިލް ޝަރީފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ. މި މަޝްރޫޢުގެ ދަށުން، މި 4 ރަށުގެ އިތުރުން ރާއްޖެތެރޭ އަތޮޅުތަކުގެ ތެރެއިން 5 […]

އައިޝަތު އައިނީ އާމިރު
މޮޅަދޫ ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ނަމާދުކުރަން މިހާރު ބޭނުން ކުރަމުން އަންނަ ހަމައެކަނި މިސްކިތްކަމަށްވާ “މަސްޖިދުއްނޫރު” ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޫރު މިސްކިތުގައި ނެވިލޯން އެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ޒަމާނާއި އެއްގޮތަށް މިސްކިތް ތަރައްގީ ކުރުމާއި އަޅުކަން ކުރުމަށް މިސްކިތުގައި މަޑުކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދީ، އަޅުކަމުގައި މިސްކިތުގައި ގިނަވަގުތު ހޭދަކުރުމ...

އިބްރާހިމް ޚަލީލް
ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހއ. ތުރާކުނު

ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ހއ. އަތޮޅުގެ ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް މިއަދު ފަށައިފިއެވެ. ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ހއ. އަތޮޅުގެ ޖުމްލަ 7 ރަށެއްގައި ފަށާފައެވެ. މި ހަތަރު ރަށުގެ އިތުރުން ދެން މި ޚިދުމަތް ފަށާފައި ވަނީ އުތީމު، މުރައިދޫ އަދި މާރަންދޫގައެވެ. ބީއެމްއެލުން މިއަދު ބުނިގޮތުގައި މި އޭޓީއެމްތައް މެދުވެރިކޮށް ހަފުތާގެ 7 ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް […]

ޔުމްނާ ޢަލީ
ނޫރު މަދަހަ މުބާރާތުގެ ފައިނަލުގެ ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް ޝަލަބީ މޮޅަދޫއަށް 📍 ހއ. މޮޅަދޫ

ނޫރު މަދަހަ މުބާރާތުގެ ފައިނަލުގެ ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް ޝަލަބީ މޮޅަދޫއަށް

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ކުރިއަށްދާ ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގެ ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. އެ ރަށު ކައުންސިލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލް އޮންނާނީ މިރޭ 21:30 ގައި އެ ރަށު ސްކޫލް ހޯލުގައެވެ. މި މުބާރާތް ފަށާފައިވަނީ މި މަހު 5 ވަނަ ދުވަހުއެވެ. މުބާރާތުގައި […]

އިބްރާހިމް ޚަލީލް
މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ކަންކަން ކޮށްދޭނަން: ރައީސް 📍 ހއ. މޮޅަދޫ

މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ކަންކަން ކޮށްދޭނަން: ރައީސް

ހއ. މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް އެ ރަށުގެ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މިއީ އެމަނިކުފާނަށް މޮޅަދުއަށް ވަޑައިގެންނެވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރަށްވައި، އެ...

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ 📍 ހއ. މޮޅަދޫ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމާފައިވާ 8 ބިމުގެ ތެރޭގައި ހިމެނެނީ 6000 (ހަހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. އެ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދިނުމުގެ އ...

އިބްރާހިމް ޚަލީލް
ސްކޭމަކުން 1.8 މިލިއަން ހޯދި މޮޅަދޫ މީހަކަށް 113,000ރ. ގެ ޖޫރިމަނާއެއް 📍 ހއ. މޮޅަދޫ

ސްކޭމަކުން 1.8 މިލިއަން ހޯދި މޮޅަދޫ މީހަކަށް 113,000ރ. ގެ ޖޫރިމަނާއެއް

މީހެއްގެ އެކައުންޓުން ވަގަށް ނެގި 1.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި, ފައިސާ ބޭނުންކުރި ހއ. މޮޅަދޫ މީހަކު 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެކިފަހަރު މަތިން ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް 1.8 މިލިއަން ފޮނުވުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. […]

ހުސައިން ހަބީބް