މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ފޮއްދޫ (10 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
10 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޮއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

10 ޚަބަރުގެ ތެރެއިން
ފޮއްދޫ ބަނދަރު ފުން ކުރުމުގެ %43 މަސައްކަތް ނިންމާލައިފި 📍 ނ. ފޮއްދޫ

ފޮއްދޫ ބަނދަރު ފުން ކުރުމުގެ %43 މަސައްކަތް ނިންމާލައިފި

ނ. ފޮއްދޫ ބަނދަރު ފުން ކުރުމުގެ މަޝްރޫޢުގެ %43 މަސައްކަތް ނިމިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފޮއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ...

އަލީ އާދިލް
ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ 📍 ނ. ފޮއްދޫ

ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ

ނ. ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފޮއްދިއްޕަރު ފަޅަކީ ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފަޅެކެވެ. ރައީސް މިފަދައިން ވިދާޅުވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވ...

ޔުމްނާ ޢަލީ
ފޮއްދޫގައި 6 މަޝްރޫޢުއެއްގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ފޮއްދޫގައި 6 މަޝްރޫޢުއެއްގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ނ.ފޮއްދޫގައި 6 މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު...

އައިޝަތު އައިނީ އާމިރު
ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ނ. ފޮއްދޫގެ ފެނާއި ނަަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް މިހާރު ވަނީ  ގެންގޮސްފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 4.76 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި […]

އަޙްމަދު ވަހީދު
އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި 📍 ނ. މަނަދޫ

އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި

ފެނަކައިން، ށ. މާއުނގޫދޫއާއި، ނ. މަނަދޫއާއި އަދި ނ. ފޮއްދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅައިފިއެވެ. އެރަށްރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ. މިގޮތުން ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓ...

އަޙްމަދު އަސްފާން
އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި 📍 ނ. ފޮއްދޫ

އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމާ ލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާ، އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތް 26 ޖުލައި 2020 ގައި ނިއްމާލެވިފައި ވާކަމަށެވެ. މި މަޝްރޫޢުއަކީ ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައި ވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ […]

ޝިއުނާ އާދަމް
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ 📍 ނ. ފޮއްދޫ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މި ހިނގާ ޖުލައި ނަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫޢޫގެ މަސައްކަތް ހަލުވިކަމާއި ކުރެވެމުންދާއިރު، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 7612،602.00 ރުފިޔާގެ މިމަޝްރޫޢު މަސައްކަތުގެ އީއައިއޭ ހަދ...

ޔުމްނާ ޢަލީ
ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ނ. ފޮއްދޫ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕްބްލިކް ލިމިޓެޑް (އެމްޓީސީސީ)ން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ 58 އިންސައްތަ މިހާރު ނިމިފައި ވާކަމަށާއި 180 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިން އެއްވަރުކުރުމުގެ މަސައްކަތާއި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި […]

ޔުމްނާ ޢަލީ
ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. ފޮއްދޫ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. https://twitter.com/monpimv/status/1232241616955609088?s=21 މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭ މަސައްކަތް ނި...

ޝިއުނާ އާދަމް
ނ. ފޮއްދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި 📍 ނ. ފޮއްދޫ

ނ. ފޮއްދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ފޮއްދޫން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ތަކެތި ހޯދާފައިވަނީ ފޮއްދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި،...

ޔުމްނާ ޢަލީ