މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]

ޔުމްނާ ޢަލީ
މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި 📍 ށ. ކޮމަންޑޫ

މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި

ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ. މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު

ފާތިމަތު ސަޙާ
މަންފާ ދަތުރު މިފަހަރު ކޮމަންޑޫ އަށް 📍 ށ. ކޮމަންޑޫ

މަންފާ ދަތުރު މިފަހަރު ކޮމަންޑޫ އަށް

ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ “މަންފާ ދަތުރު”ގެ މިފަހަރުގެ ދަތުރުގެ ޚާއްޞަކޮށްފައި ވަނީ ށ. ކޮމަންޑޫ އަށެވެ. ކޮމަންޑޫ ކައުންސިލުން ބުނިގޮތުގައި މިއަދު އެރަށުގައި މަންފާ ދަތުރުގެ ހަރަކާތްތައް ފެށޭނެއެވެ. މަންފާ ޖަމިއްޔާއާއި ކޮމަންޑޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ މި ދަތުރުގައި ކޮމަންޑޫގެ އެހެން ގިނަ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ. ކޮމަންޑޫ މަންފާ ދަތުރުގައި މިއަދު ފުރަތަމަ އޮންނާނީ 13:30 ގައި ފ...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމ...

ޔުމްނާ ޢަލީ
ކޮމަންޑޫ ކަތީބު ސަލާމްގެ ރަށުވެރިކަން ކުރުމުގެ ވައްޓަފާޅި - ރަށުގެ ވެރިކަން ރަށުން ކުރުން! 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކަތީބު ސަލާމްގެ ރަށުވެރިކަން ކުރުމުގެ ވައްޓަފާޅި - ރަށުގެ ވެރިކަން ރަށުން ކުރުން!

ށ.ކޮމަންޑޫ، ވައިޓްވިލާ، މަރުޙޫމް ޢަބްދުއްސަލާމް މުޙައްމަދު އަވަހާރަވިތާ 18 ސެޕްޓެމްބަރ އަށް 4 އަހަރުވީ އެވެ. ޚުލްޤު ހެޔޮ ދިރިތިބީން ޒިކުރާ ކުރާނޭ ގިނަ ޚިދުމަތްތަކެއް ދޫކުރައްވާ ފައެވެ. މުތާލިއާކޮށް ޢިބްރަތް ޙާޞިލް ކުރުމަށް ބައިވަރު ފިލާވަޅުތައް އެ މަރުޙޫމުގެ ކުުރު ޙަޔާތުގައި ޢަމަލީ ގޮތުން ވަނީ ނަންގަވާ ދެއްވާ ފައެވެ. މަރުޙޫމް ސަލާމް ގެ ކުރުޙަޔާތަކީ ދިގު ވާހަކަ އެކެވެ. ކުލާސް ރޫމް ގައި ޚާއްޞަ ކޮށް މަތީ ތަޢުލީމުގެ މަރުޙަލާ ގައި ބޭނުން ކުރާނޭ […]

އިސްމާޢިލް ނަޝީދު
ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފި

ށ، ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ، ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފިއެވެ. އެ ރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން، ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ޖުމްލަ 22 ފިހާރަ އާއި 3 ރެސްޓޯރެންޓެއް ބެލިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދިނެވެ. ކޮމަންޑޫ ކައުންސިލްގެ އެސްޖީ ޙަމްދާ އަޙުމަދު “ތިލަދުން”އަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން، ކާބޯތަކެތީގެ މުއްދަތާއި، ތަނުގެ ސާފުތާހިރުކަމާއި، ކާބޯތަކެތި ރައްކާކުރާ ގުދަންފަދަ ތަންތަން ބަލައި ފާސްކުރެވިފައިވާނެކަމަށެވ...

ފާތިމަތު ސަޙާ
ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން

ށ. ކޮމަންޑޫ އަދި އެ އަތޮޅު ފީވަކުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އެ ދެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފީވަކު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮއްފައިވާ ގޮތުގައި، 27 އޯގަސްޓް 2026ވަނަ ދުވަހުގެ ރޭ އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ހަމައެފަދައިން 31 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ކޮމަންޑޫ ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 10...

ފާތިމަތު ސަޙާ
ކޮމަންޑޫގައި ހޯމް ގާޑަނިން ޕްރޮގްރާމެއް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ހޯމް ގާޑަނިން ޕްރޮގްރާމެއް ފަށައިފި

ށ. ކޮމަންޑޫގައި ހޯމް ގާޑަނިން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ޢަަމަލީ މަސައްކަތްތައް ކުރިއަށް ގެންދަނީ، ކޮމަންޑޫ ސްކޫލްގެ ގޯތިތެރޭގެ ސަރަޙައްދެއްގައިކަމަށް ކޮމަންޑޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. ކޮމަންޑޫ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް، ޙަމްދާ އަޙްމަދު “ތިލަދުން “އަށް ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގެ ތެރެއިން، ރެޑިޝް، ޒުކިނީ އަދި ސްޕިނެޗްގެ އިތުރުން ކާމަރަނގަ ފަދަ ފައިދާ ހުރި ކާނާ، އިންދާފައި ވާނެކަމަށެވެ. ކޮމަންޑޫ ފަދަ ބިން ކުޑަ ރަށެއްގައި […]

ފާތިމަތު ސަޙާ
ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އ...

ޔުމްނާ ޢަލީ
ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް

ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް

ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރި...

ޔުމްނާ ޢަލީ
ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ށ. ކޮމަންޑޫ ޗަމަން މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ. މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، ވަކިން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގަައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މ...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ކޮމަންޑޫ ސިއްހީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. ކޮމަންޑޫ އިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާތީ، ކޮމަންޑޫ ޞިއްޙީ މަރުކަޒުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. ޑައިލިސިސްގެ ޚިދުމަތް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ ޑައިލިސިސްގެ ޚިދުމަތްދޭ ކޮޓަރި ބައްލަވާލައްވާފައެވެ. ކޮމަ...

ޔުމްނާ ޢަލީ
މަތިކޮމަންޑޫއިން 16 ހެކްޓަރުގެ ބިން ހިއްކައި، ކޮމަންޑުއާއި ގުޅާލުމުގެ %70 މަސައްކަތް ނިމިއްޖެ 📍 ށ. ކޮމަންޑޫ

މަތިކޮމަންޑޫއިން 16 ހެކްޓަރުގެ ބިން ހިއްކައި، ކޮމަންޑުއާއި ގުޅާލުމުގެ %70 މަސައްކަތް ނިމިއްޖެ

ށ. ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް، މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ކޮމަންޑޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި މަތި ކޮމަންޑޫއިން ބިން ހިއްކައި، ދެ ރަށް ގުޅާލުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫޢެކެވެ. ކޮމަންޑޫގެ ތަރައްޤީއަށް އިތުރު ބިން ހޯދުމަށް، ރަށާއި އިންވެގެން އޮންނަ މަތި ކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. މި ދެ ރަށް ގުޅާލުމަށް […]

އަލީ އާދިލް
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް  ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]

ޔުމްނާ ޢަލީ
މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ 📍 ށ. ކޮމަންޑޫ

މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ

ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. މިޔަގީންކަން އެ އެމަނިކުފާނު ދެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގ...

ޔުމްނާ ޢަލީ