މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. މިލަދޫ (22 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
22 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

22 ޚަބަރުގެ ތެރެއިން
މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ 📍 ނ. މިލަދޫ

މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ

ނ. މިލަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު،ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާ، އަދި މަގު ހެދުމުގެ މަސައްކަތް އާރް.ޑީ.ސީ. އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި ގިރާ ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައ...

ޔުމްނާ ޢަލީ
މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި 📍 ނ. މިލަދޫ

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި

މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރު، މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ”އޭނާ އެންމެ ފ...

ޔުމްނާ ޢަލީ
މާފަރާއި މިލަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި

މާފަރާއި މިލަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން ނ. މާފަރު އަދި ނ. މިލަދޫގައި ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ. ބީއެމްއެލުން ބުނީ އެ ދެ ރަށުގައި ގާއިމްކުރި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ނ. އަތޮޅުގެ އެ ދެ ރަށުގެ އިތުރުން ބީއެމްއެލުން ދަނީ އެ އަތޮޅުގެ މަނަދޫ، ކެނދިކުޅުދޫ، […]

އަޙްމަދު ވަހީދު
މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.  

ޔުމްނާ ޢަލީ
މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 286 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ. އަދި 152މީޓަރުގ...

އަޙްމަދު ވަހީދު
ފެނަކައިގެ އެހީ މިލަދޫގެ ސިއްހީ މަރުކަޒަށް

ފެނަކައިގެ އެހީ މިލަދޫގެ ސިއްހީ މަރުކަޒަށް

ފެނަކަ ކޯޕަރޭޝަނުން ނ. މިލަދޫގެ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިލަދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ހަ އޭސީ އާއި ކޮމްޕިއުޓާ ސިސްޓަމެވެ. ފެނަކަ ސީ.އެސް.އާރ ގެ ދަށުން ، ނ. މިލަދޫ ސިއްޚީމަރުކަޒަށް ބޭނުންވާ 6 އެއަރކޮންޑިޝަނަރ އަދި 2 ކޮމްޕިއުޓަރ ސިސްޓަމް މިއަދުވަނީ ހަވާލު ކުރެވިފައި. މިލަދޫ ސިއްޚީމަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިލްޔާސް ޢަބްދުއްޞަމަދެވެ. #ޓީމްފެނަކަ pic.twitter.com/SGJ7NPyHU...

އަޙްމަދު ވަހީދު
މިލަދޫ އެއްގަމު ތޮށިލާން ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި 📍 ނ. މިލަދޫ

މިލަދޫ އެއްގަމު ތޮށިލާން ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސި) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 209 މީޓަރުގެ ބޭރުތޮށި ލުމާއި، 152 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ޕޭވްމަންޓް ހަދައި، ނެރު ބައްތި […]

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. މިލަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއްގަމުތޮއްޓަށް ބޭނުންވާ ކޮންކުރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 248 މީޓަރުގެ ބޭރުތޮއްޓަކާއި 286 މީޓަރުގެ […]

އަޙްމަދު ވަހީދު
މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ފުލުހުން ވިދާޅުވީ މިލަދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމްގެ ތެރެއިން އެރަށުގައި ހުރި މީހުން ދިރިއުޅޭ ގޭބީސީ ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދ...

އަޙްމަދު އަރުޝަމް
މިލަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމުގެ މަސައްކަތް މިއަދު ނިންމާލާފައި ވާކަމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައު މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 56 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫއުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ މަސައްކަތް ނިމެނީ 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ 91 އިންސައްތަ މަސައްކަތާއި ބޭރުތޮށި ލުމުގެ 75 އިންސައްތަމަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރ...

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހއ. އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި ނ. މިލަދޫ 38 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައ...

ޔުމްނާ ޢަލީ
މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ނ. މަނަދޫ

މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން ބުނެފައިވަނީ، މަނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން...

ޔުމްނާ ޢަލީ
މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ 📍 ނ. މިލަދޫ

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...

މުޙައްމަދު އިނާން