ފެނަކަ ކޯޕަރޭޝަނުން ނ. މިލަދޫގެ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިލަދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ހަ އޭސީ އާއި ކޮމްޕިއުޓާ ސިސްޓަމެވެ.
ފެނަކަ ސީ.އެސް.އާރ ގެ ދަށުން ، ނ. މިލަދޫ ސިއްޚީމަރުކަޒަށް ބޭނުންވާ 6 އެއަރކޮންޑިޝަނަރ އަދި 2 ކޮމްޕިއުޓަރ ސިސްޓަމް މިއަދުވަނީ ހަވާލު ކުރެވިފައި. މިލަދޫ ސިއްޚީމަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިލްޔާސް ޢަބްދުއްޞަމަދެވެ. #ޓީމްފެނަކަ pic.twitter.com/SGJ7NPyHUX
— N.Miladhoo Fenaka (@NMiladhooFNK) December 20, 2021
މިއަދު އެ ރަށު ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަޖެއްޗާ ހަވާލުވީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އިލްޔާސް އަބްދުއްސަމަދެވެ.
ފެނަކައިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެލި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!