ށ. ފޯކައިދޫގެ ބައެއް ސަރަޙައްދުތަކުގައި ދާ އެޅުން މަނާކޮށްފިއެވެ.
މި ނިންމުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއެއްގޮތަށް، ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދާ އެޅުން މަނާކޮށްފައިވާ ސަރަޙައްދަކީ ކުނިކޮށި ހިމެނޭ ސަރަޙައްދުން ފެށިގެން ހުކުރުމަގާ ހަމައަށެވެ.
މީގެ އިތުރުން، ކައުންސިލުން ކަނޑައަޅާފައިވާ މިފަދަ އުސޫލުތަކާ ޚިލާފުވާ ފަރާތްތައް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއް ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ހާދަހާގަޅިޔޭދޯ ކޮންކަހަލަދަލެއް މީދާތަ ލާންދާތަ