ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން އާންމުކުރި ކުރު ބަޔާނެއްގައި ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 21:59 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އޭނާ ހައްޔަރުކުރި ކަމަށް ބުނެ ފެތުރެމުންދިޔަ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޝާހިދު މިރޭ ދޮގުކުރައްވައިފި ޓުވީޓެއްވެސް ކުރެއްވި އެވެ.

ހަމައެއާއެކު، އޭނާގެ ޝަހުސިއްޔަތަށް ހަމަލާދިނުމުގެ ގޮތުން ފަތުރަމުންދާ އެފަދަ އެއްވެސް ސާބިތު ނުހިފޭ ވާހަކައެއް ނުފެތުރުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެއްވެސް އަސްލެއް ނެތް މިބާވަތުގެ ކަންކަން މީސްމީޑިއާގައި ދައުރުކުރުމުން ދުރުހެލިވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު ވަނީ އިޢުލާންކުރައްވާ ކެންޕޭނު ފައްޓަވާފައެވެ.