ޖިންސީ ގޯނާގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ޔުނެސްކޯގެ މަތީ ތަޢުލީމާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މަސައްކަތުގެ މާހައުލުގައި ހޫނުގަދަވުމުގެ ސަބަބުން 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއާއި ސްރީލަންކާގެ އިގުތިސާދަށް އަހަރަކު 26.6 ބިލިއަން ޑޮލަރުގެ ގެއްލުން ވެދާނެ ކަމަށް އައިއެލްއޯއިން ހާމަކޮށްފިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ދަތިތައް ހުންނަ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
އީ.ވީ އުޅަނދުފަހަރާ ގުޅޭ ތަޖުރިބާ ހޯދުމުގެ ޚާއްސަ ދަތުރެއް ތައިލެންޑުގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
އެމްޑީޕީގެ މިސްރާބު ބަދަލުވެ، އެ ޕާޓީން މީގެ ކުރިން ބުނަމުން އައި 'ޓަކާ ޓަކާ' މަގަށް އެނބުރި ނުދިއުމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މިސްރާބެއް ހިޔާރު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިޔަކަމާއި އެ މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ބޮޑުކަމުން، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމަށް މަގުފަހިވާނެ ބޮޑު ސަބަބަކަށް ވެގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ އެހެންވެގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އ
ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކުރާ މަޝްރޫޢެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުންނެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަ
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް އަޑުއަހާނެ މާ ގިނަ ރައްޔިތުންތަކެއް މިއަދު ނެތް ކަމަށާއި، އެ ބޭފުޅުންގެ ކިބައިގައި ޤައުމާ މެދު އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމް...
މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ...
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސަކާ ނުލައި ގަރާރު ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ. މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން ނަމަ، މެންބަރަކު ގަރާރެއް ހުށަހެޅުއްވުމާ އެކު، އެ ގަރާރު ބަލައިގަތުމުގެ ކުރިން އެ މައްސަލައަކަށް ބަހުސްކުރުމުގެ ފުރުސަތު މެންބަރުންނަށް އޮވެއެވެ. އަދި އެ ގަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދު...
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މި ގައުމަށް ގެނެވޭނެ އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ...
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި 6.75 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަންގްލަދޭޝްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) ގެ އިތުރުން އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތ...