ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި
މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން އިސްނަގައިގެން ހއ.ކެލާ ކަނޑޫފާ ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ، ކެލާ ކައުންސިލްގެ އިދާރާއާއި ކެލާގައި އުފެދިފައިވާ ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ. ހއ. ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ. ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މ...