ލަނޑަކާއި އެސިސްޓަކާއެކު މެސީ އަނެއްކާވެސް މިއާމީ ސަލާމަތްކޮށްދީފި
ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު ފަހަތުން އަރައި 2-1 އިން ނިއު އިންގްލެންޑް ރެވަލޫޝަން ބަލިކޮށް، އިންޓަ މިއާމީން އީސްޓަން ކޮންފަރެންސްގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު ފަހަތުން އަރައި 2-1 އިން ނިއު އިންގްލެންޑް ރެވަލޫޝަން ބަލިކޮށް، އިންޓަ މިއާމީން އީސްޓަން ކޮންފަރެންސްގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރި 'ކިންގް އެއާ 360' މަރުކާގެ ބޯޓާއެކު ރާއްޖޭގައި ލަގްޒަރީ އަދި ޗާޓަރު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އުޒްބެކިސްތާނުގެ ޕަޚްތަކޯރާ ދެކޮޅަށް ކުޅޭ މެޗަށް ނެގި އަލް ނަސްރުގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަރާމު ދިނުމުގެ ގޮތުން އޭނާ ބާކީކޮށްފިއެވެ.
ޔޫރަޕުގެ ލީގުތަކުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ޕްރިމިއާ ލީގުގެ އެއްވަނައަށް އެރިއިރު، ރެއާލް މެޑްރިޑާއި ލާޒިއޯ އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯޓް މެނޭޖްމަންޓް އިންޓަގްރޭޓެޑް ސިސްޓަމް މެދުވެރިކޮށް، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ބޭނުންކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ ދޫކުރެވޭނެ އައު އިންތިޒާމެއް ހަމަޖައްސައިފިއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި ވާދަވެރި ކުޅުމަކަށް ފަހު ލިވަޕޫލްގެ މައްޗަށް 1-0 އިން ކުރިހޯދައި، ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. މިއީ ވޭތުވެދިޔަ 14 ފަހަރުގެ ތެރެއިން އެންފީލްޑްގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ވަކިވަކި ކުޅުންތެރިންގެ އެވޯޑު ކަމަށްވާ ބެލޮންޑިއޯ ކާމިޔާބުކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ހެރީ ކޭން އަތުން ޕެނަލްޓީއެއް ބޭކާރުވެ، ޖަރުމަން ބުންޑެސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު “ކްލެސިކާ” މެޗު 2-2 އިން އެއްވަރުވެ ބަޔާން މިއުނިކަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ބަޔާން އަދި ޑޯޓްމުންޑް ވެސް އޮތީ ތާވަލުގެ އެއްވަނައިގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗު […]
ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު “ކްލެސިކާ” މެޗުގައި ބަޔާން މިއުނިކްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އިސްމާއީލް ސައިބާރީ، ސާޖް ގްނަބްރީ އަދި ބެލަންޑިއޯ ނޮމިނީ މައިކަލް އޮލީސޭ އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ އެކު އެ ކްލަބަށް އަނިޔާގެ ބޮޑެތި ކަންބޮޑުވުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗުގައި މިޑްފީލްޑަރު ސައިބާރީގެ ފަޔަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް ބަޔާންގެ އެސިސްޓެންޓް ކޯޗު އާރޮން ޑޭންކްސް […]
ވޭތުވެދިޔަ ހަފުތާގައި ޖެހިޖެހިގެން ވީ ދެ ބައްޔަށްފަހު، ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗު 1-6 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ބާސެލޯނާއިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި ރަފީނިއާ އަދި ޒުވާން ވިންގަރު ލަމީން ޔަމާލް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފައެވެ. ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެ، އަދި މިދިޔަ ހަފުތާ ބަންދުގައި […]
އިޓާލިއަން ސެރީ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާން 3-1 ގެ ނަތީޖާއަކުން ބަލިކޮށް، އޭސީ މިލާނުން މި ސީޒަނުގައި އިންޓަގެ ފުރަތަމަ ބަލިވުން ރަޖިސްޓްރީ ކުރުވައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މިލާން ޑާބީ މެޗުގައި މިލާނުން ކުރިހޯދިއިރު، އެ ޓީމާ އެކު އައު އެއްބަސްވުމެއްގައި ސޮއިކުރި ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗު ފެށިގެން ހަތަރު މިނެޓު ނުވަނީސް ލަނޑު ޖަހައި ޓީމަށް ކުރިމަގު އަލިކޮށްދީފައެވެ. […]
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ބްރައިޓަން އިން ހޮނިހިރު ދުވަހު ހައިރާންކުރަނިވި މޮޅެއް ހޯދައިފިއެވެ. މިއީ ލީގުގައި ސިޓީ ވިދިވިދިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ބްރައިޓަން އިން ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ބްރައިޓަން އިން ސިޓީގެ ދަނޑުގައި މޮޅެއް ހޯދުމަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް މި ގެނައީ އެ […]
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކަނާތު ބެކް އަޝްރަފް ހަކީމީ ހެދި ހެޓްރިކާއި ދިން ދެ އެސިސްޓާއެކު، ހުކުރު ދުވަހު ލެ ހާވްރާއާ ވާދަކޮށް 5-1 ގެ ނަތީޖާއަކުން މޮޅުވެ، ފްރެންޗް ލީގު 1 ގެ ތާވަލުގެ އެއްވަނައިގައި އެ ޓީމުން ލީޑު ފުޅާކޮށްފިއެވެ. މިއީ ލީގުގައި ޕީއެސްޖީން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅު ކަމަށްވާއިރު، ހުރިހާ މުބާރާތެއް ހިމެނޭހެން އެ ޓީމުން މޮޅުވި ނުވަވަނަ މެޗެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޖޯޝް މަޖާ […]
ބެލޮންޑިއޯ އެވޯޑު ނުލިބި ދިޔުމުން ލިބުނު މާޔޫސްކަމަށް ފަހު ވެސް ޒުވާން ވިންގާ ލަމީން ޔަމާލްގެ ފަރާތުން ފެނުނު ރައްދާއި އޭނާގެ ވިސްނުމާ މެދު ފަޚުރުވެރިވާ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހެރީ ކޭން ކާމިޔާބު ކުރިއިރު، ޔަމާލް ވަނީ ވަރަށް ރަނގަޅު ރޫހެއް ދައްކާފައި ކަމަށް ހުކުރު ދުވަހު އޭނާ ފާހަގަކުރިއެވެ. ސްޕެއިންއާއެކު ވޯލްޑް ކަޕް އަދި ބާސެލޯނާއާއެކު ލަލީގާ ކާމިޔާބުކޮށްފައިވާ އުމުރުން 19 އަހަރުގެ […]
ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ “ޑިކްޓޭޓަރެއް” ކަމަށް ބުނެ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު މައްސަލައިގައި، އޭނާ މައާފަށް އެދިފައިވާތީ އެކަމާ ގުޅުވައިގެން އިތުރަށް އުނދަގޫ ނުކުރުމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ އެދިވަޑައިގެންފިއެވެ. ޑިއާލޯ ވިދާޅުވީ އެމްބާޕޭ އެފަދަ ވާހަކައެއް ދެއްކީ އެއްވެސް ބަޔަކަށް ކުޑައިމީސްކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، މިހާރު މި މައްސަލަ ނިންމައި އޭނާއަށް ކުރިއަށް ދިއުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.