ށ. ގޮއިދޫ ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.

މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ގޮއިދޫ ސްކޫލްގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނީ ހުޅުވާލާފަ އެވެ.

މިމަސައްކަތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 21 ޑިސެމްބަރު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫޢުއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޑިސެމްބަރު 20121 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އެ މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

މި މަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 40,000 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފަ ވެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 13 ޖެނުއަރީ 2022 ދުވަހުގެ 13:00 އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.