މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,971 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,971 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2971 ޚަބަރުގެ ތެރެއިން
ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި 📍 ހއ. ފިއްލަދޫ 1 މިނިޓު

ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި

ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ އެސްޖީގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސި ބޭފުޅާއާ މެދު ހިތްހަމަނުޖެހި، އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފިއެވެ.

ފާތިމަތު ސަޙާ
ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް 📍 ހއ. ދިއްދޫ 1 މިނިޓު

ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް

ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރުމަށާއި ކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ޝިއުނާ އާދަމް
ވަށަފަރުގައި ބާއްވާ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ވަށަފަރު 2 މިނިޓު

ވަށަފަރުގައި ބާއްވާ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އަތޮޅުގެ ދިގުފެތުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މުބާރާތަކީ ހއ. އަތޮޅަށް ޚާއްސަކޮށްގެން މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަށަފަރު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު 5 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަ

ޔުމްނާ ޢަލީ
އުތީމުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކާނަލް ނާޡިމްގެ ޢާއިލާއިން އެ ރަށުގައި މިސްކިތެއް ބިނާކޮށްދެނީ 📍 ހއ. އުތީމު

އުތީމުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކާނަލް ނާޡިމްގެ ޢާއިލާއިން އެ ރަށުގައި މިސްކިތެއް ބިނާކޮށްދެނީ

ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި

ފާތިމަތު ސަޙާ
އުތީމު ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އުތީމު

އުތީމު ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އުތީމު “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި އެ ރަށު އުތުރު ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އުތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލް ތަޢުލީމު ނިންމާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، އުތީމުގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަންނަ ނޮވެމްބަ

ފާތިމަތު ސަޙާ
ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް

ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ....

ފާތިމަތު ސަޙާ
ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް ޑިސެމްބަރު މަހު، ސްޕޮންސަރުންނަށް ފުރުސަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް ޑިސެމްބަރު މަހު، ސްޕޮންސަރުންނަށް ފުރުސަތު ހުޅުވާލައިފި

ހއ. ހޯރަފުށީގެ ހަހެތި ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” މިއަހަރު ވެސް ބޭއްވުމަށް ތައްޔާރުވެ، މުބާރާތުގެ ސްޕޮންސަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން 22 އަށެވެ. މިއީ ހއ. އަތޮޅުގައި ބާއްވާ 21 އަހަރުން ދަށުގެ ހަމައެކަނި ފުޓްސަލް މުބާރާތެވެ. މި ފަހަރު ބާއްވަނީ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” ގެ 7 ވަނަ މުބާރާތެވެ. ހޯރަފުށީގެ އިތުރުން […]

ފާތިމަތު ސަޙާ
ޚިދުމަތްތައް ފުޅާކުރަން ހޯރަފުށިން އެސްޓީއޯ އަށް 6،700 އަކަފޫޓުގެ ބިމެއް ދީފި 📍 ހއ. ހޯރަފުށި

ޚިދުމަތްތައް ފުޅާކުރަން ހޯރަފުށިން އެސްޓީއޯ އަށް 6،700 އަކަފޫޓުގެ ބިމެއް ދީފި

ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ. މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދ...

ފާތިމަތު ސަޙާ
ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''

ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ...

އަލީ އާދިލް
ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ހޯރަފުށީ ކައުންސިލުން ސައުތު ފިއުލްގެ އެއްބަސްވުން އިސްލާހުކޮށްފި 📍 ހއ. ހޯރަފުށި

ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ހޯރަފުށީ ކައުންސިލުން ސައުތު ފިއުލްގެ އެއްބަސްވުން އިސްލާހުކޮށްފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ހޯރަފުށީ ކައުންސިލާއި ސައުތު ފިއުލް ސާވިސަސްއާ ދެމެދު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިސްލާހު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމާއެކު އެ ރަށުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ ސައުތު ފިއުލް ސާވިސަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެގޮތުން، މި ހުށަހެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ 23 ސެޕްޓެމްބަރު...

ފާތިމަތު ސަޙާ
ކުޑަކުދިންގެ ''ބިޒީ ބުކް'' އިން މައުރަޒު ފަތަހަކޮށް، ވަށަފަރު އިމްތިނާންގެ ''ފިޔަވަޅު ޕްރިންޓްސް'' އަށް ބޮޑު ކާމިޔާބީއެއް! 📍 ހއ. ވަށަފަރު

ކުޑަކުދިންގެ ''ބިޒީ ބުކް'' އިން މައުރަޒު ފަތަހަކޮށް، ވަށަފަރު އިމްތިނާންގެ ''ފިޔަވަޅު ޕްރިންޓްސް'' އަށް ބޮޑު ކާމިޔާބީއެއް!

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ބައިވެރިވެ، ހއ. ވަށަފަރު، އިމްތިނާން ޝަރީފްގެ “ފިޔަވަޅު ޕްރިންޓްސް” އިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފިޔަވަޅު ޕްރިންޓްސް އިން މި މައުރަޒުގައި އެވޯޑު ހާސިލުކޮށްފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ތަކެތީގެ ގިންތިން ތިންވަނަ ހޯދައިގެންނެވެ. މި އެވޯޑު އެ ފަރާތަށް ލިބިފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ބިޒީ ބުކް” އަށެވެ. މައުރަޒުގެ ސްޓޯލްތަކުގަ...

ފާތިމަތު ސަޙާ
''މުތީއެއް ފަދަ އުތީމު'': ކުށުގެ ރެކޯޑު ދަށް އުތީމުގައި އެކަން ދަމަހައްޓަން ސިލްސިލާ ސެޝަންތަކެއް 📍 ހއ. އުތީމު

''މުތީއެއް ފަދަ އުތީމު'': ކުށުގެ ރެކޯޑު ދަށް އުތީމުގައި އެކަން ދަމަހައްޓަން ސިލްސިލާ ސެޝަންތަކެއް

ހއ. އުތީމަކީ ނިސްބަތުން ކުށުގެ ރެކޯޑު ދަށް ރަށެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓައި، ކުށުގެ ވެށިން ރައްކާތެރިވެފައިވާ އަމާން މާހައުލެއް އެ ރަށުގައި ގާއިމުކުރުމަށްޓަކައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ސިލްސިލާގެ ފުރަތަމަ ސެޝަން މިހާރު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި 87 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށ...

ފާތިމަތު ސަޙާ
ދައްޕަރު މައްސަލައިގައި ނޫމަޑިން 1.1 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލުކޮށްފި

ދައްޕަރު މައްސަލައިގައި ނޫމަޑިން 1.1 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލުކޮށްފި

ހއ. ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ވިއްކުމަށް ބްރޯކަރަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ. އިން 1.1 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަނީކް ޢާމިރު، ނޫމަޑިއާ ދެކޮޅަށް ކުރި މި ދައުވާއަކީ އޭނާގެ އަމިއްލަ ނަމުގައި ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމުމަށް ފަހުގައެވެ. އޮކްޓޯބަރު 25 ވަނަ ދުވަހު […]

އައިޝަތު ޢާދަމް
ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ހިންގުމަށް ނިންމާފައިވާ މޭކަޕް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ދިއްދޫގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން، އެ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މޭކަޕް ކޯސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހ...

ފާތިމަތު ސަޙާ
ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ 📍 ހއ. ކެލާ

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި...

ފާތިމަތު ސަޙާ