މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,677 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,677 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1677 ޚަބަރުގެ ތެރެއިން
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި 2 މިނިޓު

ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އަޙްމަދު ވަހީދު
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި 📍 ށ. ފުނަދޫ

ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...

ޔުމްނާ ޢަލީ
ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ.   މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]

ޔުމްނާ ޢަލީ
އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި

އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި

ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ

ފާތިމަތު ސަޙާ
ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް 

ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް 

ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލ

ފާތިމަތު ސަޙާ
މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި 📍 ށ. ކޮމަންޑޫ

މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި

ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ. މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު

ފާތިމަތު ސަޙާ
މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި

ފާތިމަތު ސަޙާ
މާއުނގޫދޫ ބަށި މުބާރާތް ނޮވެމްބަރު މަހު، ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފުރުޞަތު ހުޅުވާލައިފި

މާއުނގޫދޫ ބަށި މުބާރާތް ނޮވެމްބަރު މަހު، ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފުރުޞަތު ހުޅުވާލައިފި

ށ. މާއުނގޫދޫ ބަށި މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތަކުން ޓީމު ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މާއުނގޫދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި،  މި މުބާރާތުގެ މަޤްޞަދަކީ  އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ ކުޅިވަރު...

ފާތިމަތު ސަޙާ
ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...

ފާތިމަތު ސަޙާ
ރޯދައަށް ކަރައާއި ކިޔުކަންބާ ހައްދަން ދަނޑަން އެދެން ނަރުދޫގެ ގޭބިސީތަކަށް ފުރުޞަތު 📍 ށ. ނަރުދޫ

ރޯދައަށް ކަރައާއި ކިޔުކަންބާ ހައްދަން ދަނޑަން އެދެން ނަރުދޫގެ ގޭބިސީތަކަށް ފުރުޞަތު

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރަމަޟާން މަހު ށ. ނަރުދޫގައި ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ދަނޑު ނަގަން ބޭނުންވާ ފަރާތްތަކަށް އެރަށު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަހާލައިގެންނެވެ. މިކަމާ ގުޅިގެން ނަރުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި އަހަރުވެސް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ “ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު” ގައިވާ ގޮތުގެމަތިން، މީހުން ދިރިއުޅޭ ގ...

ފާތިމަތު ސަޙާ
އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި 📍 ށ. ކަނޑިތީމު

އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ...

ފާތިމަތު ސަޙާ
އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި 📍 ށ. ފުނަދޫ

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ. މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހ...

ފާތިމަތު ސަޙާ
ފޯކައިދޫ ހޭޅިފަށުން ގަވާއިދާ ޚިލާފަށް ގަސް ކަނޑަނިކޮށް ހުއްޓުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ހޭޅިފަށުން ގަވާއިދާ ޚިލާފަށް ގަސް ކަނޑަނިކޮށް ހުއްޓުވައިފި

ށ. ފޯކައިދޫގެ ހޭޅިފަށުން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކަނޑަމުން ދަނިކޮށް، ފުލުހުންގެ އެހީތެރިކަމާއެކު އެކަން ހުއްޓުވައި އެ ގަސްތައް އެ ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރަށުގެ ހޭޅިފަށުން ގަސް ކެނޑުމާއި ގަސްކަރައަށް ގެއްލުން ދިނުމާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކުގެ އިތުރުން ކައުންސިލުގެ އެންގުންތަކާ ޚިލާފަށް އެ ރަށުގެ ހޭޅިފަށުން ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކޮށަމުންދާ ކަމުގެ މަޢު...

ޔުމްނާ ޢަލީ