މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފީވަށް (6 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
6 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފީވަށްގެ އެންމެ ފަހުގެ ޚަބަރުތައް

6 ޚަބަރުގެ ތެރެއިން
ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފީވަށް

ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 29 ޖެނުއަރީ ގައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 40,420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14,743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމާއި 356 […]

އަޙްމަދު ވަހީދު
ކުޅުދުއްފުށި ދޯންޏެއް ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިފި 📍 ށ. ފީވަށް

ކުޅުދުއްފުށި ދޯންޏެއް ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިފި

ހ.ދ ކުޅުދުއްފުށި ސިޓީ އިން ފުރައިގެން ށ. ފީވަކު ފަޅަށް ވަންނަނިކޮށް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިދޯންޏަކީ ކުޅުދުއްފުށި ދޯންޏެއްކަމަށާއި އެދޯނިން ދަތުރު ކުރަމުން އައީ 3 މީހުންކަމަށެވެ. ވިއްސަކަށް ފޫޓުގެ މިދޯނި މިހާރު އޮތީ ފަޅުތެރެއަށް ވައްދާފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު އެވެ. ހަބަރު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އެދޯނީގައި […]

އިބްރާހިމް އަސްވާޤް
ފީވަކު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ށ. ފީވަށް

ފީވަކު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ފީވަކު ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފަ އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަަސައްކަތް ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި […]

އަޙްމަދު ވަހީދު
ފީވަކު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް 📍 ށ. ފީވަށް

ފީވަކު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް

ށ. ފީވަކު ޕޮލިސް ސްޓޭޝަނުން، ފީވަކު ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އޮކްޓޫބަރު 22 ވަނަ ދުވަހު، އެރަށުގެ ވިޔަފާރި ތަކަަށް ޒިޔާރަތްކޮށް، ފީވަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މީގެއިތުރުން ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުވާފައިވާނެ ކަމަށެވެ. އެގޮތުން ބިދޭސީންނަށް...

އަޙްމަދު ވަހީދު
އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް 📍 ށ. ފީވަށް

އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް […]

ޔުމްނާ ޢަލީ
ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ 📍 ށ. ފީވަށް

ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ށ.ފީވަށް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %55 ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %72 މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ނިމިފައިވާކަމަށާއި މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

ޖަލްވާން ޖާދުﷲ