📍 ށ. ކަނޑިތީމު
އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ...