މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުރިނބީ (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުރިނބީގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި 📍 ހދ. ކުރިނބީ

ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި

ކުރިނބީގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކެންވާ ކޯހެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ޚާއްޞަ ކޯހެކެވެ. ކުރިނބީ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ އެ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށެވެ. އެ ރަށުގެ މުއައްސަސާތަކުން މި ކޯ...

ޔުމްނާ ޢަލީ
ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ 📍 ހދ. ކުރިނބީ

ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ

ހދ. ކުރިނބީއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެ ކައުންސިލުން މަސައްކަތް ފަށައިފިއެވެ. އެ ގޮތުން، ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ގޮތުގައި، އެ ރަށަށް ނިޞްބަތްވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ޙާޞިލުކޮށްފައިވާ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާޞިލްކޮށްފައިވާ އެންމެހައި ފަރާތްތައް ހިމަނާފައިވެއެވެ. އެހެންކަމުން، އެ ކައުންސިލުން ވަނީ 1 ޖުލައި...

ފާތިމަތު ސަޙާ
ކުރިނބީ ސުކޫލު ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި 📍 ހދ. ކުރިނބީ

ކުރިނބީ ސުކޫލު ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ހދ. ކުރިނބީ ސުކޫލުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ކުރިނބީ ޕޮލިހާއި ކުރިނބީ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ކުރިނބީ ސުކޫލުގެ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ ގްރޭޑްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ސެޕްޓެމްބަރު 9 ގައި ކުރިއަށް ދިޔަ މި ސެޝަންގައި، […]

އަލީ އާދިލް
ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް 📍 ހދ. ކުރިނބީ

ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް

ހދ. ކުރިނބީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ކުރިނބީ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. 09 ސެޕްޓެމްބަރ 2026ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނި ގޮތުގައި، މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކި...

ފާތިމަތު ސަޙާ
ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި 📍 ހދ. ނޭކުރެންދޫ

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ. ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް […]

ޔުމްނާ ޢަލީ
އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި 📍 ހދ. ކުރިނބީ

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި

ހދ. ކުރިނބީ ކައުންސިލުން އެރަށުގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްކަޕް 2026 ފުޓްސަލް މުބާރާތް އިއްޔެ ފަށައިފިއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ވަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ އެރަށުގެ އުތުރު އަވަށާއި ދެކުނު އަވަށް ތަމްސީލުކުރާ ހާއްސަ ފުޓްސަލް މެޗް ކުޅެފައެވެ. މި މެޗުގައި އެރަށުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި […]

ޔުމްނާ ޢަލީ
ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް 📍 ހދ. ކުރިނބީ

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް

ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ. މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. ކުރިނބީ ކައުންސިލުން ވަނީ […]

ޔުމްނާ ޢަލީ
ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި 📍 ހދ. ކުރިނބީ

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި

ހދ. ކުރިނބީގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުން ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި، ކޮންމެހެން ކަނޑަންޖެހޭ ނިކަގަސް ވެސް ވަނީ ކަނޑާލާފައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައިމޯލްޑިވްސް ޓ...

ޔުމްނާ ޢަލީ
ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް 📍 ހދ. ކުރިނބީ

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ...

ޔުމްނާ ޢަލީ
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...

ޔުމްނާ ޢަލީ
ކުރިނބީގައި މަގުމަތީގެ ރައްކާތެރިކަމާއި ގާނޫނަށް ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް

ކުރިނބީގައި މަގުމަތީގެ ރައްކާތެރިކަމާއި ގާނޫނަށް ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް

ހދ. ކުރިނބީގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުރިނބީ ޕޮލިސް ޕޯސްޓާއި، އެ ރަށު ސްކޫލް އަދި ކައުންސިލް ގުޅިގެން 30 އޭޕްރީލް 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ތަފާތު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެ ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް ގްރޭޑް...

ޔުމްނާ ޢަލީ
ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި 📍 ހދ. ކުރިނބީ

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި

ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ […]

އަލީ އާދިލް
މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު 📍 ހދ. ހިރިމަރަދޫ

މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު

2025 ވަނަ އަހަރު ހދ.އަތޮޅުގައި ޖުމްލަ 393 ވަރިކައިވެނިކޮށްދީފައިވާކަން ”ހދ. ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު – 2025” އިން ދައްކައިފިއެވެ. މި ތަފާސްހިސާބުން ފެންނަ ގޮތުގައި މިދިޔަ އަހަރު ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަނެއް 12 ރަށުގައި ޖުމްލަ 225 ކައިވެނި އަދި 168 ވަރި ސާބިތުކޮށްފައިވެއެވެ. މި ހިސާބުން ފެންނަގޮތުގައި ހަތަރު ރަށެއްގައި ކައިވެންޏަށްވުރެ ވަރި އިތުރެވެ. އެއީ ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުރިނބީއެވެ. ނޭކުރެންދޫގައި މިދިޔަ އަހަރު 7 ކައިވެނިކޮށްދީފައިވާއިރު 8 […]

ޔުމްނާ ޢަލީ
ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުރިނބީ

ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލައި ކުރިނބީ ކައުންސިލުން ކުރި ޢިއުލާންގައި މި ސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ބިޑްގައި ރަޖިސްޓަރީ ވާންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ. އޮންލައިން ފޯމު މެދުވެރިކޮށް، ލިންކް: https://forms.gle/inrexguGoe3abrgU6 މި ބީލަމުގައި ރަޖިސްޓަރީވުމ...

ޔުމްނާ ޢަލީ
ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […]

ޔުމްނާ ޢަލީ