ކުރިނބީގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކެންވާ ކޯހެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ޚާއްޞަ ކޯހެކެވެ.

Ad
rt

ކުރިނބީ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ އެ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ.

ކުރިނބީގައި ކުރިއަށްދާ ކެންވާ ކޯހުގެ ތެރެއިން، ފޮޓޯ: ކުރިނބީ ކައުންސިލް

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށެވެ.

އެ ރަށުގެ މުއައްސަސާތަކުން މި ކޯހުގައި ޖުމްލަ 60 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ކުރިނބީ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ މި ތިން ދުވަހުގެ ކެންވާ ކޯހުގެ ތަމްރީނުތައް މިހާރު ވަނީ ފަށާފައެވެ.