ހދ. ކުރިނބީއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

އެ ގޮތުން، ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ގޮތުގައި، އެ ރަށަށް ނިޞްބަތްވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ޙާޞިލުކޮށްފައިވާ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާޞިލްކޮށްފައިވާ އެންމެހައި ފަރާތްތައް ހިމަނާފައިވެއެވެ.

Ad
rt

އެހެންކަމުން، އެ ކައުންސިލުން ވަނީ 1 ޖުލައި 2025 ގެ ފަހުން އެފަދަ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކުން އެ ކައުންސިލަށް މަޢުލޫމާތު ޙިއްޞާކުރުމަށް އެދި، އިލްތިމާސްކޮށްފައެވެ.

އެގޮތުން މަޢުލޫމާތު ފޮނުވާއިރު ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާޑުގެ ކޮޕީ، ގުޅޭނެ ފޯނު ނަންބަރު، ސާފު ފޮޓޯއެއް، އަދި ފުރިހަމަކުރި ޕްރޮގްރާމާއި ހޯދި ކާމިޔާބީގެ ތަފުސީލު ހިމެނުމަށް ކައުންސިލުން އެދިފައިވެއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ރަށުގެ ދަރިން ހޯދާ މިފަދަ ކާމިޔާބީތައް، ކައުންސިލާ ޙިއްސާކުރަމުން ގެންދިއުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި ބަޔާންކޮށްފައިވާ މަޢުލޫމާތު ފޮނުވާނީ އެ ކައުންސިލްގެ ރަސްމީމެއިލްinfo@kurinbee.gov.mv އަށް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.