މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (303 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
303 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

303 ޚަބަރުގެ ތެރެއިން
ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ 📍 ހއ. ކެލާ

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި...

ފާތިމަތު ސަޙާ
ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި 📍 ހއ. ކެލާ

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި

ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ރަށު ބަނދަރުން ވެލި ބޭނުންވާ...

ޝިއުނާ އާދަމް
މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް 📍 ހއ. ކެލާ

މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް

ހއ. ކެލާގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 17 އިން 21 އޮކްޓޯބަރަށެވެ. ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ، އެ ވުޒާރާއިން ކެލާގައި ހިންގި މި ތަމްރީނުގައި ޖުމްލަ 13 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށ...

ޔުމްނާ ޢަލީ
ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށ...

ފާތިމަތު ސަޙާ
ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި 📍 ހއ. ކެލާ

ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ. ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހ...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު […]

ޔުމްނާ ޢަލީ
މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި 📍 ހއ. ކެލާ

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާ...

ޔުމްނާ ޢަލީ
ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް 📍 ހއ. ކެލާ

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް

ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ “ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ” (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަ...

އަލީ އާދިލް
ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި 📍 ހއ. ކެލާ

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

ޔުމްނާ ޢަލީ
ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ 📍 ހއ. ކެލާ

ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހާކު […]

އިބްރާހިމް އަސްވާޤް
ކެލާ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ކެލާ

ކެލާ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކެލާ ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ކެލާ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުޅާ ދ...

wp-needuser
ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ

ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނި...

ޔުމްނާ ޢަލީ
ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި 📍 ހއ. ކެލާ

ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ހއ. ކެލާ އާއި ށ. ފުނަދޫ ސަރަހައްދުގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް އިން ގާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 06 މޭ 2026 ވަނަ ދުވަހު ވަނީ ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ދޮށީ ކަނދުފަތި (ނަންބަރު: B09D01-03) ގާއިމްކޮށްފައެވެ. މީގެ އިތުރުން، 05 މޭ 2026 ވަނަ ދުވަހު ށ. ފުނަދޫގެ އިރުއުތުރުން 11.5 މޭލު ބޭރުގައި ވެސް ވަނީ ދޮށީ […]

އަޙްމަދު ވަހީދު