📍 ށ. ފުނަދޫ
ސަގާފީ ކުޅިވަރު މަންޑި ދިރުވަން ފުނަދޫ އާއި ކެނދިކުޅުދޫގެ މެދުގައި ފޯރިގަދަ މެޗެއް
ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ ފޯރިގަދަ ސަގާފީ ކުޅިވަރެއް ކަމަށްވާ މަންޑި ދިރުވައި އާލާކުރުމަށްޓަކައި ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި ތާރީޚީ މެޗެއް ކުޅެފިއެވެ. މި ފޯރިގަދަ މެޗުގައި ވާދަކޮށް 4 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ށ. ފުނަދޫގެ “އަރުމަތާ ޕްރޯ” ޓީމެވެ. މި މެޗާ ގުޅޭގޮތުން ފުނަދޫގެ ފަރު ފުނަ ސްޕޯޓްސް އިން ބުނީ، މިއީ ފަހުގެ ތާރީޚެއްގައި ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް މަންޑި ކުޅެވުނު ފުރަތަމަ […]