ޅޮހީގައި ބައިނަލްއަޤްވާމީ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. ޅޮއްސަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް މާ ލަހެއް ނުވެ ފަށައި ނިންމަވައިދެއްވާނެ ކަމަށެވެ. ރައީސް މުޢިއްޒު ޅޮއްސަށް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ ތަރައްޤީއަށް މުހިއްމު ގިނަ ކަންކަނ...