ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރިވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ.

އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެ ސާފް ޕޮއިންޓަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއް ކަމަށެވެ.

Ad
rt

އެހެންވެ، އެ ސާފް ޕޮއިންޓުގައި ސާފްކުރަން ބޭނުންވާ ފަރާތްތަކަށް އެތަން ތަރައްގީކޮށް އެކަން ކުރިއަރުވާނެ ޖާގަ ހޯދައިދޭން ޖެހޭ ކަމަށާއި ސާފްކުރަން އެތަނަށް އަންނަ ފަތުރުވެރިންގެ އެކޮމޮޑޭޝަނުންނައި ސާފްކޮށްގެން ލިބޭ މަންފާ އެރަށުގެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށް ވއެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑިމޮކްރެޓުންގެ ސަރުކާރެއްގައި ޅޮހީގެ ސާފް ޕޮއިންޓު އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ގޮތަށް ތަރައްގީކޮށް، އެ ސާފް ޕޮއިންޓުން ސީދާ ޅޮއްސަށް މަންފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ އެ އަތޮޅު މާފަރުގައި ތަރައްގީ ކުރެވޭ އިންޓަނޭޝަނަލް އެއާޕޯޓާއެކު ޅޮހީގައި ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ވިޔަފާރިތައް ވެސް ކުރިއަރުވަން އެ ޕާޓީގެ ސަރުކާރެއްގައި އެހީވާނެ ކަމަށެވެ. އަދި ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެފަދައިން ފަތުރުވެރިން ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައިވާ ފްލައިޓު ޓިކެޓުގެ ފަރަގު އުވާލާ ދިވެހިންނާ އެއްވަރުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެެވެ.