މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. މާފަރު (43 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
43 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާފަރުގެ އެންމެ ފަހުގެ ޚަބަރުތައް

43 ޚަބަރުގެ ތެރެއިން
މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ބޭނުންކުރަންފަށައިފި 📍 ނ. މާފަރު

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ބޭނުންކުރަންފަށައިފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި، ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މާފަރު އެއަރޕޯޓް ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މިއަދު ބުނީ މިއަދު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި އައު މަރުޙަލާއެއް ފެށިފައިވާ ކަމަށެވެ. ”މިއަދު ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި، އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް އި...

ޔުމްނާ ޢަލީ
ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ. މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ. އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭ...

ޔުމްނާ ޢަލީ
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި 📍 ނ. މާފަރު

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ އޯގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި 19 އޯގަސްޓް 20256 ވަނަ ދުވަހު އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރަށްވާފައެވެ. ރައީސް […]

ޔުމްނާ ޢަލީ
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ 📍 ނ. މާފަރު

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ޢިއުލާން ކުރެއްވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިކަން ރައީސް މިއަދ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ 📍 ނ. މާފަރު

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް،  ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ތަރައްގީކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނުކުފާނު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑް ކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުވަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައ...

ޔުމްނާ ޢަލީ
މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ނ. މާފަރު

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެންފައިވާއިރު، މާފަރުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ މަނިކުފާނެވެ. މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވ...

ޔުމްނާ ޢަލީ
ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު 📍 ނ. މާފަރު

ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅުގެ ރަށްރަށަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް މިދަތުރުފުޅުގައި ނ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކަމަށްވާ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ޒިޔާރަތްކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ […]

ޔުމްނާ ޢަލީ
މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް 📍 ނ. މާފަރު

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް

ނ. ކުޑަފަރީގަައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، އެ އަތޮޅު މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފިއެވެ. މިގޮތުން ހެލްތް މިނިސްޓްރީން މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ވައިޑް ބޮޑީގެ ހިދުމަތް ފަށައިފި 📍 ނ. މާފަރު

މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ވައިޑް ބޮޑީގެ ހިދުމަތް ފަށައިފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްތައް އަދު ރަސްމީކޮށް ފަށައިފިއެވެ. މިކަމަށް މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމާ އަބްދުލްރަހުމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީ، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފާ ޑިވެލޮޕްމަންޓް މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ...

ޔުމްނާ ޢަލީ
"ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވައިފި

"ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވައިފި

މިލަދުންމަޑުލު ދެކުނުބުރީ “ފަރުމުލި” އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ، ކުރިން 15 އެޕްރީލް 2024 ގައި ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2024 އިން “ފަރުމުލި” އާއި “ކަނޑިންމާހުރާ” މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނިންމެވުމަށް ގެންސްފައިވާ ބަދަލެކެވެ. މިއަދު ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 ގައިވާ ގޮތުން، މި ނިންމެވުން...

އިބްރާހިމް އަސްވާޤް
މާފަރަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސައިފި 📍 ނ. މާފަރު

މާފަރަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސައިފި

ނ. އަތޮޅު މާފަރުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަދު ޖައްސައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަނީ ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސާފައެވެ. އެއީ ބޮއިންގ 777 ގެ ފްލައިޓެކެވެ. މާފަރަށް ޖައްސާފައި ވަނީ އެމިރޭޓްސްގެ ބޯޓެކެވެ. ބޮއިންގ 777 ގެ ފްލައިޓު މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ، އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް 📍 ނ. މާފަރު

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރުމުގެ މަސައްކަތް ބޮޑުކުރުމަށް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ އެ އެއާޕޯޓުގެ އިންފްރާސްޓަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމ...

ޔުމްނާ ޢަލީ
''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް'' 📍 ނ. މާފަރު

''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''

ޕީއެންސީ، ޕީޕީއެމް ވެރިކަމެއްގައި ނ. މާފަރު ފަޅުގައި ރިސޯޓެއް އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެރަށަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ. މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށ...

މުޙައްމަދު އަފްރާޙް
''މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން''

''މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން''

މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ދެ ގޮތެއް އެބައޮތްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ އެރަށުގައި ވީރާނާވެފައި ހުރި އިމާރާތްތަކެއް ތަޅައިލާ، އެ ބިމުގައި ހައުސިން ޔުނިޓް...

މުޙައްމަދު އަފްރާޙް
މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 📍 ނ. މާފަރު

މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި އިމާރާތަކީ އުތުރުގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަޅާ އިމާރާތެކެވެ. ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި މަނަދޫ ދާއިރާގެ މަޖިލިސް މެން...

މުޙައްމަދު އަފްރާޙް