މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ފިނޭ (116 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
116 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިނޭގެ އެންމެ ފަހުގެ ޚަބަރުތައް

116 ޚަބަރުގެ ތެރެއިން
ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް

ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ”ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026” ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 […]

ޔުމްނާ ޢަލީ
ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި 📍 ހދ. ފިނޭ

ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި

ހދ. ފިނޭ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން މުބާރާތް 2026 ގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އަލް-މަސާރު އެކެޑެމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފިނޭ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 އިން 9 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައެވެ. މި ތަމްރީނުތަކުގެ މައިގަނޑު...

ފާތިމަތު ސަޙާ
ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ

ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ

ހދ. ފިނޭގައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. ފިނޭ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 3 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށު އާމަގުންނާއި ޒިޔާރަތްމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 100,000 (އެއްލައްކަ) އަކަފޫޓުގެ 2 ބިމާއި، 80,000 (އަށްޑިހަ ހާސް) އަކަފޫޓުގެ 1 ބިމެވެ. މި ދަނޑުބިންތަކަށް ކުރިމަތިލުމުގެ ފުރ...

ފާތިމަތު ސަޙާ
50 މިލިއަން ޑޮލަރު ދެއްކިޔަސް ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ: ފިނޭންސް

50 މިލިއަން ޑޮލަރު ދެއްކިޔަސް ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ: ފިނޭންސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ ބާކީ ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި 150 މިލިއަން ޑޮލަރު ރައީސް ޑރ. މުހައްމަދު […]

އަލީ އާދިލް
ފިނޭ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް 📍 ހދ. ފިނޭ

ފިނޭ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ހދ. ފިނޭ ސުކޫލުގެ ގުރޭޑު ފަހަކުން މަތީގެ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 12 ވަނަ ދުވަހު ފިނޭ ސުކޫލުގައި މި ސެޝަންތައް ބާއްވާފައިވަނީ ކުށްމަދު އަމާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން، ފިނޭ ސުކޫލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އަހުލާގު ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ރައްކާތެރި މުޖުތަމައަކަށް ދަރ...

އަލީ އާދިލް
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް 📍 ހއ. މުރައިދޫ

މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ މިއަދު ހަވީރު ފަށައިފިއެވެ. މި މުބާރާތް ފަށާފައި ވަނީ ހދ. ހަނިމާދޫ އާއި ހއ. ކެލާގެ މެޗުންނެވެ. ހަވީރު 16:15 ގައި ފެށި މި މެޗު 3-1 ސެޓުން ކާމިޔާބު ކުރީ ހަނިމާދޫ ޓީމެވެ. މި މުބާރާތުގެ ދެވަނަ މެޗެއް ވެސް ވަނީ މިއަދު ކުޅެފައެވެ. ރޭގަނޑު  20:30 ގައި ފެށި […]

ޔުމްނާ ޢަލީ
ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް 📍 ހދ. ފިނޭ

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ. 18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން  ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކ...

ފާތިމަތު ސަޙާ
ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި 📍 ހދ. ފިނޭ

ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި

ހދ. ފިނޭ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ފިނޭ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ތަރައްޤީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކައުންސިލުން ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން، 06 ޖުލައި 2026 ގައި ފިނޭ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް އާއި އެ މިނިސްޓްރީގެ އ...

އަލީ އާދިލް
ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި 📍 ހދ. ފިނޭ

ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު ފިނޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި، މޯލްޑިވްސް ޓް...

ޔުމްނާ ޢަލީ
އަހަރެން ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައި: އިސްރާއީލުގެ ފިނޭންސް މިނިސްޓަރު

އަހަރެން ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައި: އިސްރާއީލުގެ ފިނޭންސް މިނިސްޓަރު

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމުގެ ސިއްރު އަމުރެއް ނެރެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިސްރާއީލުގެ ޖައްބާރު ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަންގާރަ ދުވަހު ބުނެފިއެވެ. ސްމޮޓްރިޗް މިހެން ބުނީ ޔެޑިއޮތް އަހްރޮނޮތް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސްމޮޓްރިޗް ބުނި ގޮތުގައި ހޭގްގައި ހުންނަ އެ ކޯޓުގެ ޕްރޮސެކިއުޓަރު އޭނާއާ ދެކޮޅަށް ސިއްރު ހައްޔަރު އަމުރެއް ނެރުމަށް އެދިފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ވަނީ ލިބ...

ނާޒިމާ އަލީ
ފިނޭގައި ޑެންގީން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ސާފުކުރުމުގެ ހަރަކާތެއް 📍 ހދ. ފިނޭ

ފިނޭގައި ޑެންގީން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ސާފުކުރުމުގެ ހަރަކާތެއް

ހދ. ފިނޭގައި ޑެންގީ ހުން ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރޭގައި މަދިރި އާލާވާ ތަންތަން ބަލައި ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ފިނޭގައި ބަލި ފެތުރުން ހުއްޓުވުމަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ފިނޭ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 މެއި 3 އިން ފެށިގެން އެ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން […]

ޔުމްނާ ޢަލީ
ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު 📍 ހދ. ފިނޭ

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮ...

އަލީ އާދިލް
ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ 📍 ހދ. ފިނޭ

ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި ބޮޑު ތިލަދުންމައްޗަށް މިއަދު ގެންގޮސްފިއެވެ. ހދ. ނައިވާދޫ ހޯދި މި ތަށި ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ފިނެއަށެވެ. ޓީމް ނައިވާދޫގެ އެސިސްޓެންޓް ކޯޗު އަހްމަދު ސިނާން ”ތިލަދުން” އަށް ބުނީ އެތަށި ނައިވާދޫ އަށް ގެންދިޔުން އޮންނާނީ މިއަދު ހަވީރުކަމަށެވެ. ”މިހާރު ދެވަނަ ފްލައިޓުން އައި ކުޅުންތެރިން މިރަށަށް އެ އަންނަނީ، އެ ކުޅުންތެރިންނާއެކު ހަވީރު 16:15 އަށް ތަށި ހިފައިގެން ރަށަށް ދާނަން” […]

ޝިއުނާ އާދަމް