މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މަރޮށި (39 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
39 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަރޮށިގެ އެންމެ ފަހުގެ ޚަބަރުތައް

39 ޚަބަރުގެ ތެރެއިން
އަލް އަސްރުގެ ''ލޯތަކުގެ ފިނިކަން'' ނަމާދު ވާކްޝޮޕަށް މަރޮށިން ބޮޑު ތަރުޙީބެއް 📍 ށ. މަރޮށި

އަލް އަސްރުގެ ''ލޯތަކުގެ ފިނިކަން'' ނަމާދު ވާކްޝޮޕަށް މަރޮށިން ބޮޑު ތަރުޙީބެއް

ށ. މަރޮށީ ކައުންސިލާއި ގުޅިގެން އަލް އަސްރު ޖަމިއްޔާއިން މަރޮށީގައި ކުރިއަށްގެންދިޔަ “ކޫލްނެސް އޮފް ދި އައިސް” ނަމާދު ވާކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވާކްޝޮޕަށް އެ ރަށުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އަލް އަސްރުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި 120 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ވާކްޝޮޕްގެ ސެޝަންތައް ކުރިއަށްގެންދަވާފައިވަނީ ޝައިޚް ސާޖިދު މުޙައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. މި ވާކްޝޮޕް ށ. މަރޮށީގައި ބާއްވާފައިވަނީ...

ޝިއުނާ އާދަމް
މަރޮށީގައި ނަމާދު ވޯކްޝޮޕެއް، ނަން ނޯޓުކުރުން ކުރިއަށް 📍 ށ. މަރޮށި

މަރޮށީގައި ނަމާދު ވޯކްޝޮޕެއް، ނަން ނޯޓުކުރުން ކުރިއަށް

ށ. މަރޮށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. އަލް އަސްރު ޖަމިއްޔާގެ އެހީތެރިކަމާއެކު ”ލޯތަކުގެ ފިނިކަން” މައުޟޫއަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ސާޖިދް މުޙައްމަދެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 އިން 16 އަށެވެ. މި ވޯކްޝޮޕްގ...

ފާތިމަތު ސަޙާ
ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މަރޮށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ 📍 ށ. މަރޮށި

ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މަރޮށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. މަރޮށީގައި ބާއްވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މައުރަޒަކީ މަރޮށީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި މައުރަޒު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، މަރޮށީ އަންހެނުން އުފައްދާ ކާބޯތަކެއްޗަށް މާކެޓް ހޯދައިދީ،  ފެންވަރު ރަނގަޅު އުފެއްދުންތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި، ބާޒާރަށް ނެރުމަށް މަގުފަހިކޮށްދިނުން ކަމަށް މަރޮށ...

ފާތިމަތު ސަޙާ
16 ގަޑިއިރުގެ ޚިދުމަތް 24 ގަޑިއިރަށް: މަރޮށީގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި 📍 ށ. މަރޮށި

16 ގަޑިއިރުގެ ޚިދުމަތް 24 ގަޑިއިރަށް: މަރޮށީގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ކުރިން 16 ގަޑިއިރަށް ޚިދުމަތް ދެމުން އައި ށ. މަރޮށި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ ރަށުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މަރޮށީގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން، ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، […]

ފާތިމަތު ސަޙާ
މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ 📍 ށ. މަރޮށި

މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

ށ. މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅެނިކޮށް ރ. ދުވާފަރު ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާން އެވެ. ޝައްފާންގެ އާއިލާއިން ”ތިލަދުން” އަށް މައުލޫމާތު ދިން ގޮތުގައި ޝައްފާން ނިޔާވީ، މޫދުގައި ފީނަން އޮވެފައި ދޯންޏަށް ވެސް އެރި ފަހުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ […]

ފާތިމަތު ސަޙާ
ށ.އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މަރޮއްޓަށާއި މާއުނގޫދޫއަށް 📍 ށ. މަރޮށި

ށ.އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މަރޮއްޓަށާއި މާއުނގޫދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މަރޮއްޓަށާއި، މާއުނގޫދޫއަށް އަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމުގެ ޚިދުމަތް ދީފިއެވެ. މިއަދު ކުރިޔަށް ގެންދިޔަ މި ދަތުރުގައި އެކި ދާއިރާތަކަށް ޚާއްޞަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން، ކަށީގެ ޙާއްޞަ ޑޮކްޓަރަކާއި އާންމު ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރެއް، ހިމެނޭ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ށ. އަތޮޅު ހޮސްޕިޓަލުގެ ޕްރިންސިޕަލް ހެލ...

ފާތިމަތު ސަޙާ
މަރޮށީ މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް ސެޕްޓެމްބަރުގައި 📍 ށ. މަރޮށި

މަރޮށީ މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް ސެޕްޓެމްބަރުގައި

ށ. މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން، އެރަށަށް ނިސްބަތްވާ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު / ޙުސެންބެ)ގެ ހަނދާނުގައި ބާއްވާ “އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖުމްލަ 9 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، […]

ފާތިމަތު ސަޙާ
ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި 📍 ށ. މަރޮށި

ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

ރާއްޖޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ. މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، […]

ޝިއުނާ އާދަމް
މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ 📍 ށ. މަރޮށި

މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ

ށ. މަރޮށީ ފަޅުން ގިނަ އަދަދެއްގެ މުށިމަސް މަރުވާން ފަށައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވީ، އެރަށު ފަޅަށް މުށިމަސް ވަދެފައި އޮންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އިއްޔެ މުށިމަސް މަރުވާން ފަށާފައިވާކަމަށެވެ. އެރަށުން ލިބުނު މައުލޫމާތުގެ އަލީގައި ޝިޔާންޓޭ ވިދާޅުވީ، މުށިމަސްތައް މަރުވާން ފެށީ ބަޔަކު ވަކި ކަމެއްކޮށްގެން ނޫންކަމަށް ބެލެވޭކަމަށް އެރަށު މީހުން ބުނެފައިވާކަމަށެވެ. ”މަސްތައް މަރުވާން ފެށީ ހުއިފިލަނޑާ ފެން ކަހަލަ އެއްޗެއް ވެސް އަޅައިގެންނޫން...

ޔުމްނާ ޢަލީ
މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފިއެވެ. ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށީ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިގޮތުން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އެންމެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒު އެވެ. އަދި 2-0 ގެ ލީޑެއްގައި އޮވެފައި ދެންވެސް ނަތީޖާ ބަދަލުކޮށްލީ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް  ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]

ޔުމްނާ ޢަލީ
މަރޮށީ ސިއްހީ މަރުކަޒަށް މުވައްޒަފުންނާއި ވަސީލަތް ހަމަކޮށްދީ ޚިދުމަތް 24 ގަޑިއިރަށް 📍 ށ. މަރޮށި

މަރޮށީ ސިއްހީ މަރުކަޒަށް މުވައްޒަފުންނާއި ވަސީލަތް ހަމަކޮށްދީ ޚިދުމަތް 24 ގަޑިއިރަށް

މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް މަރޮށީ ސިއްހީ މަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަރޮށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން، ރައީސް މިއަދު ވިދާޅުވީ، އަންނަ އަހަރު މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް، ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށެވެ. އެގޮތުން، އަންނަ...

ޔުމްނާ ޢަލީ
ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް! 📍 ށ. މަރޮށި

ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް!

ރާވެރިކަން ނުވަތަ ރުއްއެރުމަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުންއައި ގަދީމީ މަސައްކަތެކެވެ. އިހުގައި މުޅި ރާއްޖޭގައި މި މަސައްކަތް ކުރަމުންއައި ނަމަވެސް ށ.އަތޮޅު މަރޮށްޓަކީ ރާވެރިކަމުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ރަށެވެ. ހާއްސަކޮށް ރުކު ރަލުން ތައްޔާރުކުރެވޭ، މަރޮށީ ކަރުހަކުރާއި ދިޔާހަކުރަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަކެއްޗެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް ޒަމާނާއި އެއްގޮތަށް ބަދަލުގެނެވި އެއިން ނަފާ ހޯދުމުގެ ވިސްނުމަކީ މިއަދު ދިވެހިންގެ ތެރޭގައި އާލާ...

އިބްރާހިމް ޚަލީލް
ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި 📍 ށ. މަރޮށި

ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި

ނ. ލަންދޫ އާއި ށ. މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. މަރޮށީގެ އެކްސްޓެންޝަން އިމާރާތަކީ ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން އިމާރާތް ކުރި ތަނެކެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް މިހާރުވަނީ މި އިމާރާތަށް ބަދަލުކޮށްފަ އެވެ. މަރޮށީގެ އާބާދީ އަކީ ގާތްގަޑަކަށް 900 މީހުން ނެވެ. އާބާދީއެއް އޮންނަ މި ރަށުގައި އިމާރާތްކުރި އައު އިމާރާތުގެ ސަބަބުން އެރަށުގައި […]

މުޙައްމަދު އަފްރާޙް
މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި 📍 ށ. މަރޮށި

މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި

ށ. މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި އެވެ. މިއަދު މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ. މަރޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބް...

އަލީ އާދިލް