މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ގޮއިދޫ (94 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
94 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ގޮއިދޫގެ އެންމެ ފަހުގެ ޚަބަރުތައް

94 ޚަބަރުގެ ތެރެއިން
ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި

ޙޢ. ހޯރަފުށި، ބ. ގޮއިދޫ، އެ އަތޮޅު އޭދަފުށި އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އައު މެޖިސްޓްރޭޓުން ޢައްޔަންކުރައްވައި، އެ ބޭފުޅުން މިއަދު މަޤާމުގެ ހުވައި ކުރައްވައިފިއެވެ. މި ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވީ ހޯމަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 2026/031 ވަނަ ޖަލްސާގައެވެ. މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، […]

ޔުމްނާ ޢަލީ
މުބާރާތުގައި ބައިވެރިނުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގޮއިދޫގައި ޤުރުއާން ކޯޗިން ކޭމްޕެއް 📍 ށ. ގޮއިދޫ

މުބާރާތުގައި ބައިވެރިނުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގޮއިދޫގައި ޤުރުއާން ކޯޗިން ކޭމްޕެއް

ޤުރުއާން މުބާރާތްތަކަށް ބައިވެރިން ތައްޔާރުކުރުމުގެ ގޮތުން ގޮއިދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ޤުރުއާން ކޯޗިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ ޤުރުއާން މުބާރާތްތަކަށް ބައިވެރިން ފުރިހަމައަށް ތައްޔާރުކޮށް، ކީރިތި ޤުރުއާން ކިޔެވުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. ގޮއިދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯޗިންގ ކޭމްޕުގެ ސެޝަންތައް ކުރިއަށްގެންދ...

ފާތިމަތު ސަޙާ
ލައިފް ކޯޗް މަރިޔަމް މުޙައްމަދާއެކު ގޮއިދޫގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް 📍 ށ. ގޮއިދޫ

ލައިފް ކޯޗް މަރިޔަމް މުޙައްމަދާއެކު ގޮއިދޫގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް

ށ. ގޮއިދޫގައި “ހޭލުންތެރިކުރުމުގެ ޕްރޮގްރާމް” ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ފަށަން ތައްޔާރުވެއްޖެއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން، 2026 އޮކްޓޫބަރު 1 އިން 3 އަށް  ގޮއިދޫ ސްކޫލް ހޯލުގައި  ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ޕަބްލިކް ސްޕީކަރ އަދި ލައިފް ސްޓައިލް ކޯޗް މަރިޔަމް މުޙައްމަދެވެ. މި ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކަށް ޚާއްޞަކޮށްގެން ސެޝަންތަކެއް ކުރިއަށްދާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެ ގޮތުން: އުމުރުން ދުވަސްވީ މީހުންގެ ސެޝަން:...

ފާތިމަތު ސަޙާ
ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް 📍 ށ. ގޮއިދޫ

ގޮއިދޫ ''ކައުންސިލް ސްޕޯރޓްސް ފިއެސްޓާގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ''އަޒުމް'' އަށް

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026” ގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން “އަޒުމް” ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލްގައި އަޒުމްއާ ވާދަކޮށް މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ގްރީން ވިންގްސްއެވެ. އަދި ފެއާޕްލޭ ޓީމަކަށް  ހޮވިފައިވަނީ، އޯކިޑެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 5000 ރުފިޔާ އަދި ޓްރޮފީއެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަޤާމާއި، މުޅި […]

ފާތިމަތު ސަޙާ
ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަންކަން ޔުނިކް ބޯއީސް ހޯދައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަންކަން ޔުނިކް ބޯއީސް ހޯދައިފި

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026” ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޔުނިކް ބޯއީސް ހޯދައިފިއެވެ. ޖުމްލަ ހަ ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލްގައި އެފްސީ ޔުނިކް ބޯއީސްއާ ވާދަކޮށް ރަނަރަޕްކަން ހޯދާފައިވަނީ ޔުނިޓީ ރިކްރިއޭޝަން ކްލަބެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 12،500 ރުފިޔާ އަދި ޓްރޮފީއެވެ. ޤައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންދިޔަ މި […]

ފާތިމަތު ސަޙާ
ގޮއިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ށ. ގޮއިދޫ ކައުންސިލުން އެރަށު އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026″ ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލް މުބާރާތަށް އެދެވޭ ތަރުޚީބެއް ލިބިފައިނުވާތީ، ކައުންސިލުން ނިންމާފައިވަނީ އޭގެ ބަދަލުގައި ބަށި މުބާރާތެއް ކުރިއަށް ގެންދިޔުމަށް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ” 2017 ވަނަ އަހަރުން ފެށިގެން މި ރަށުގައި މި ވަނީ ބަށި ކުޅުން ހުއ...

ފާތިމަތު ސަޙާ
''ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް''ގެ ދަށުން ށ.ގޮއިދޫ ޑަބްލިޔުޑީސީން ފަތްކެޔޮ އިންދައިފި 📍 ށ. ގޮއިދޫ

''ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް''ގެ ދަށުން ށ.ގޮއިދޫ ޑަބްލިޔުޑީސީން ފަތްކެޔޮ އިންދައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ “ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް” ގެ ދަށުން ށ. ގޮއިދޫގައި ފަތްކެޔޮ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ގޮއިދޫ ޑަބްލިޔުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އެ ރަށަށް ލިބިފައިވާ 117 ފަތްކެޔޮގަސް އިންދުމުގެ މަސައްކަތް މިހާރު ވަނީ ނިންމ...

ޔުމްނާ ޢަލީ
ށ.ގޮއިދޫ ސްކޫލްގެ ސްޕޯރޓްސް ފިއެސްޓާ އަށް އެރަށު ކައުންސިލުން ޓްރޮފީ ހަދިޔާކޮށްފި 📍 ށ. ގޮއިދޫ

ށ.ގޮއިދޫ ސްކޫލްގެ ސްޕޯރޓްސް ފިއެސްޓާ އަށް އެރަށު ކައުންސިލުން ޓްރޮފީ ހަދިޔާކޮށްފި

ށ. ގޮއިދޫ ސްކޫލުން ބާއްވާ ސްޕޯރޓްސް ފިއެސްޓާގެ އެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ދޭނެ ޓްރޮފީތައް އެ ރަށު ކައުންސިލުން ހަދިޔާކޮށްފިއެވެ. ގޮއިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ޓްރޮފީތަކަކީ އެރަށު ސްކޫލްގެ އިންޓަރ ހައުސް ސްޕޯރޓްސް ފިއެސްޓާ 2026 ގައި ހިމެނޭ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ އެކިއެކި މަގާމުތަކަށާއި ވަނަތަކަށް ހޮވޭ ޓީމުތަކަށް ދިނުމަށް ހަމަޖެހިފައިވާ ތަކެއްޗެވެ. މި ޓްރޮފީތައް ހޯދުމަށްޓަކައި ކައުންސިލްގެ ބަޖެޓުން 10,000 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ރަށު އަންހެނުންގެ ތަރައ...

ޔުމްނާ ޢަލީ
ށ.ގޮއިދޫގައި ބަދުއަހުލާގީ ޢަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައެއް 📍 ށ. ގޮއިދޫ

ށ.ގޮއިދޫގައި ބަދުއަހުލާގީ ޢަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައެއް

ށ.ގޮއިދޫގައި ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައާއި ގުޅިގެން ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 27 މެއި 2026 ގައި ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ”މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުން” ފުލުހުން ބުނެފަވެއެވެ. މި ޢ...

ޔުމްނާ ޢަލީ
މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]

ޔުމްނާ ޢަލީ
ށ.ގޮއިދޫ ދަނޑުވެރިންގެ ގިނަ އަދަދެއްގެ އުފެއްދުންތައް މާކެޓަށް ނެރުނު ކާމިޔާބު އަހަރެއް 📍 ށ. ގޮއިދޫ

ށ.ގޮއިދޫ ދަނޑުވެރިންގެ ގިނަ އަދަދެއްގެ އުފެއްދުންތައް މާކެޓަށް ނެރުނު ކާމިޔާބު އަހަރެއް

1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ށ.ގޮއިދޫގެ ދަނޑުވެރިން ވަނީ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް އުފައްދައި ބާޒާރަށް ނެރެފައެވެ. މި އުފެއްދުންތައް މާލެއާއި، ށ. އަތޮޅުގެ ރަށްތަކުގެ އިތުރުން ކައިރި އަތޮޅުތަކަށާއި ކުޅުދުއްފުށީ މާކެޓަށް ވަނީ ސަޕްލައިކޮށްފައެވެ. ގޮއިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ އެހީތަކެއް އެ ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުނ...

ޔުމްނާ ޢަލީ
ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި 📍 ށ. ގޮއިދޫ

ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި

ށ. ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ‘މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް’ (އެމްގެޕް) ސެޓިފައިޑް ދަނޑުވެރިކަމުގެ ބާވަތްތައް، މާލޭގެ ދަނޑުވެރިންގެ ބާޒާރަށް ނެރެ، އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުފެއްދުންތައް މިހާރު މާލޭ ނޯތު ހާބަރުގެ ދަނޑުވެރިންގެ ބާޒާރުން ލިބެން ހުންނާނެއެވެ. މި އުފެއްދުންތަކަކީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކަށް އިސްކަންދީގެން، ކާބޯތަކެތީގެ ރައްކާތެރިކަމާއި މަތީ ފެންވަރު ކަށަވަރުކޮށްފައިވާ ތަކ...

ޔުމްނާ ޢަލީ
ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް 📍 ށ. ގޮއިދޫ

ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް

ށ.ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ ”ރިސާލަތު ޕްރޮގްރާމް”ގެ ދަށުން އެ ވުޒާރާއާއި ގޮއިދޫ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މިގޮތުން މި ހަރަކާތްތަކުގެ ތެރެއިން ގޮއިދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްސަދުގައި “މާޔޫސް ނުވާށެވެ!” މަޢުޟޫއުގެ ދަށުން ޚާއްޞަ ފޯރަމެއް ވަނީ ކުރި...

ޔުމްނާ ޢަލީ
ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ 📍 ށ. ގޮއިދޫ

ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ

ށ. ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސިއްޙީ ދާއިރާއާ ގުޅިފައިވާ މި މުހިންމު މަޝްރޫޢަކީ، އެ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުން ކަމެއްކަމަށާއި، ސިއްހީ މަރުކަޒުގެ ޖާގައާއި، ވަސީލަތްތައް...

ޔުމްނާ ޢަލީ
އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދޭނަން: ރައީސް 📍 ށ. ގޮއިދޫ

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދޭނަން: ރައީސް

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ށ.ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކުރަށްވަމުން މި ސަރުކާރާ ވެރިކަން ހަވާލުވިއިރު، މިފަދަ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި […...

ޔުމްނާ ޢަލީ