ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026" ގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން "އަޒުމް" ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލްގައި އަޒުމްއާ ވާދަކޮށް މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ގްރީން ވިންގްސްއެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ، އޯކިޑެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 5000 ރުފިޔާ އަދި ޓްރޮފީއެވެ.
ގޮއިދޫ "ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026" ގެ ބަށި މުބާރާތުގެ ރަނަރަޕް ވިންގްސް، ފޮޓޯ: ގޮއިދޫ ކައުންސިލް
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަޤާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ( ކުއީން އޮފް ދަ ޓޯނަމެންޓް ) ޙާޞިލް ކޮއްފައިވަނީ ގްރީން ވިންގްސްގެ އާމިނަތު ފަރްޒާނާއެވެ. މުބާރާތުގެ ބެސްޓް ކޯޗަކަށް ޢަޒުމް ޓީމުގެ ހުދާ ޢަބްދުﷲ ހޮވިފައިވާއިރު، ބެސްޓް ކެޗާގެ މަޤާމު ހޯދާފައިވަނީ، ގްރީން ވިންގްސްގެ އާމިނަތު ފަރުޒާނާއެވެ.
ކުއީން އޮފް ދަ ޓޯނަމެންޓް ގްރީން ވިންގްސްގެ އާމިނަތު ފަރްޒާނާ
މީގެއިތުރުން މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް އޯކިޑްގެ މިންހާ އިބްރާހީމް ހޮވިފައިވާއިރު، މި މުބާރާތުގެ ގަދަ 9 ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ.
މުބާރާތުގެ ގަދަ 9 ކުޅުންތެރިން، ފޮޓޯ: ގޮއިދޫ ކައުންސިލް
މި ފިއެސްޓާގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް 12،500 ރުފިޔާ އާއި ޓްރޮފީ ދީފައިވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!