📍 ނ. މަގޫދޫ
މަގޫދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ؛ އެންމެ އަވަހަށް ނިމޭނީ ވެސް އެ އެއާޕޯޓު!
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ތަރައްޤީކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ. މަގޫދޫ އެއާޕޯޓުގެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ކުންފުންޏާ ހަވާލުކޮށްފައިވާ އެކި އެއާޕޯޓުތަކުގެ މަސައްކަތްތަކ...