މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ކުޑަފަރީ (11 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
11 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޑަފަރީގެ އެންމެ ފަހުގެ ޚަބަރުތައް

11 ޚަބަރުގެ ތެރެއިން
ކުޑަފަރީގައި ހުމާއި ހޮޑު ރޯގާ ހަލުވިކަމާއެކު ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކުޑަފަރީގައި ހުމާއި ހޮޑު ރޯގާ ހަލުވިކަމާއެކު ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ނ. އަތޮޅު ކުޑަފަރީގައި ހަލުވިކަމާއެކު ހުމާއި ހޮޑު ރޯގާ ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށު ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. އެ މަރުކަޒުން މިކަމަށް އިލްތިމާސްކުރީ ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ސްކޫލުތަކާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ. ކުޑަފަރީ ޞިއްޙީ މަރުކަޒުން ބުނީ، ފާއިތުވި ދުވަސްތަކުގައި އެ މަރުކަޒަށް ހުމާއި ހޮޑު ރޯގާގެ ޝަކުވާއާއެކު ފަރުވާ ހޯދަން އަންނަ މީހުންގެ އ...

އަލީ އާދިލް
މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް 📍 ނ. މާފަރު

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް

ނ. ކުޑަފަރީގަައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، އެ އަތޮޅު މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފިއެވެ. މިގޮތުން ހެލްތް މިނިސްޓްރީން މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓ...

ޔުމްނާ ޢަލީ
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ 📍 ނ. ކުޑަފަރީ

ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޖިއޯ ބޭގް ގެ ދެވަނަ އަދި އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ. […]

އަޙްމަދު ވަހީދު
ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ނ. ކުޑަފަރި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން […]

ޔުމްނާ ޢަލީ
ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް 📍 ނ. ކުޑަފަރީ

ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 718 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 15....

އަޙްމަދު ވަހީދު
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ. ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ އިމާރާތެއް އަޅައި، ފެނުގެ މައި […]

އަޙްމަދު ވަހީދު
ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ކުޑަފަރީ ކައުންސިލް! 📍 ނ. ކުޑަފަރީ

ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ކުޑަފަރީ ކައުންސިލް!

ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ.  ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.  އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ […]

ޝިއުނާ އާދަމް
ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 31 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 31 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ކުރިޔަށް ގެންދާ ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ 31 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 އިންސައްތަ އަދި 9.5 ކިލޯ މީޓަރުގެ ދިގުފެން ހޮޅިގެ މައިނެޓްވޯކުގެ ހޮޅިވަޅުލުމުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތުގެ ތެރޭގައި، ކުޑަފަރީގައި ފެން […]

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީއިން ކުޑަފަރީގެ ފެނާ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

އެމްޑަބްލިއުއެސްސީއިން ކުޑަފަރީގެ ފެނާ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށްވާ، ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހާކޮށްފިއެވެ. މިމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ކުޑަފަރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވުމުގައި އެމްޑަބްލިއުއެސްސީ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހާއި، ޗެއާމަން އަޙްމަދު މައުސޫމާއި، ކުޑަފަރި ރައްޔިތުންގެ މަޖިލިސްގައި ތަމްސީލުކުރަށްވާ ކެނދި...

އަޙްމަދު ވަހީދު
ކުރެއްދޫއިން ކުޑަފަރީ ރައްޔިތުންނަށް ފޮނުވި އަސަރުގަދަ މެސެޖު! 📍 ނ. ކުޑަފަރީ

ކުރެއްދޫއިން ކުޑަފަރީ ރައްޔިތުންނަށް ފޮނުވި އަސަރުގަދަ މެސެޖު!

މިއީ ކުރެއްދޫގައި މަސައްކަތް ކުރަމުން އަންނަ ނ. ކުޑަފަރީއަށް ނިސްބަތްވާ ޒުވާނަކު އެރަށުގެ ރައްޔިތުންނަށް ފޮނުވި އަސަރުގަދަ މެސެޖެއްގެ ވާހަކައެވެ. “ތަދާ ވޭނުގައި މިހެން ރޯލުމުން” މިލަވައިގެ ވީޑިއޯ ހިމައި އާދަމް ނިޔާމްގެ ފޭސްބުކްގައި ހިއްސާކުރި މެސެޖެކެވެ. ފޭސްބުކްގައި އެއިނާގެ ޝުޢޫރު ހިއްސާކޮށް ލިއުނު ޕޯސްޓަށް ގިނަބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން މިޕޯސްޓް އަސަރުގަދަ ވެގެން ގޮސްފައިވަނީ ހިމަނާފައިވާ ވީޑިއޯގެ ސަބަބުންނެވެ. ސްޓެލްކޯގެ ޑްރާމާ “ހުޅުކޮޅު” ގެ ތީމް ލަވަ “ތަދާ ވޭނުގައި މިހެން...

ހުސައިން ހަބީބް
📍 ނ. މާޅެންދޫ

މާޅެންދޫ އާއި ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ނ މާޅެންދޫ އާއި ނ ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ. މިދެރަށުގެ ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށް ނ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 42,975,350.00 ރުފިޔާއަށް އަދި ނ. ކުޑަފަރި ހަވާލުކޮށްފައިވަނީ 38,245,917.74 ރުފިޔާ އަށެވެ. މިދެރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައް...

އިބްރާހިމް އަސްވާޤް