ނ މާޅެންދޫ އާއި ނ ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

މިދެރަށުގެ ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

22 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށް ނ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 42,975,350.00 ރުފިޔާއަށް އަދި ނ. ކުޑަފަރި ހަވާލުކޮށްފައިވަނީ 38,245,917.74 ރުފިޔާ އަށެވެ.

މިދެރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު، ޝަނާ ފާރޫގެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. މިރަސްމިއްޔާތުގައި ރ. ކިނޮޅަސް އަދި ބ. ގޮއިދޫގެ ފެނާ ނަރުދަމާގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.