ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ އިމާރާތެއް އަޅައި، ފެނުގެ މައި ނެޓްވޯކު ގާއިމުކުރުމަށަ ފެން ހޮޅި އަޅާނެއެވެ. ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރްއޯ ޕްލާންޓުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ހަތް ކިލޯ މީޓަރުގެ ދިގު މަގުގައި ނެޓްވޯކް ހޮޅިއަޅައި ވަނީ ނިމިފައެވެ.
މިއީ 38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!