މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. މަނަދޫ (63 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
63 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

63 ޚަބަރުގެ ތެރެއިން
މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ނ. މަނަދޫ

މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު ނަވީޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ. މި މަޝްރޫޢުގެ ދަށުން، ލައިޓިންގ ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރީޓް މަސައް...

ފާތިމަތު ސަޙާ
މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި 📍 ނ. މަނަދޫ

މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނ. މަނަދޫގައި  ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. މި ޝެޑް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ފިއުލް ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. ރޭ މަނަދޫގައި ބޭއްވި މި […]

ޔުމްނާ ޢަލީ
ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި 📍 ހދ. ހަނިމާދޫ

ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫ އާއި މަނަދޫގެ ފަހުމެޗު 3-2 ލަނޑުން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގައި މިއަދު ކުޅުނު މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ. މި ހާފުގައި ދެ ޓީމުން ހަމަހަމަކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ހާފު ފަށައި ދެވަނަ މިނިޓްގައި، މެޗުގެ 46 ވަނަ މިނިޓްގައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު […]

ޔުމްނާ ޢަލީ
މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް 📍 ނ. މަނަދޫ

މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ. 16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ. […]

އަޙްމަދު ވަހީދު
މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި 📍 ހއ. ދިއްދޫ

މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު އަށް ވަނަ މެޗުގައި ދިއްދޫ އިން 3-0 އިން މަނަދޫ ބަލިކޮށް ތާވަލުގެ އެއްވަނައިގެ ފަރަގު މިއަދު ބޮޑުކޮށްފިއެވެ. މިއަދުގެ މެޗުގައި ދިއްދޫއިން މަނަދޫ ގޯލު ހުޅުވާލި ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 7 ތައުމީން ނޫހެވެ. ދިއްދޫގެ ދެވަނަ ގޯލެއް ވެސް ޖަހައިދިނީ ފުރަތަމަ ގޯލް ޖަހައިދިން ތައުމީން ނޫހެވެ. އެއީ 38 ވަނަ މިނިޓްގައި ޖަހައިދިން ގޯލެކެވެ. ދިއްދޫ ލީޑު […]

ޔުމްނާ ޢަލީ
ދިއްދޫ ނުހިފެއްޓުނު، މަނަދޫގައި އެރަށް ބަލިކޮށް ތިން ވަނަ މޮޅު ހޯދައިފި 📍 ހއ. ދިއްދޫ

ދިއްދޫ ނުހިފެއްޓުނު، މަނަދޫގައި އެރަށް ބަލިކޮށް ތިން ވަނަ މޮޅު ހޯދައިފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަ ވަނަ މެޗުގައި ދިއްދޫ އިން މަނަދޫ ބަލިކޮށް، ލީގުގައި ދިއްދޫގެ ތިންވަނަ މޮޅު ހޯދައި  އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ޔަގީންކޮށްފިއެވެ. މަނަދޫގައި މިއަދު ހަވީރު ކުޅުނު މެޗެ ދިއްދޫ ކާމިޔާބުކުރީ 2-0 އިންނެވެ. މިއަދު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ދިއްދޫއެވެ. މި މެޗުގައި ދިއްދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި […]

ޔުމްނާ ޢަލީ
ނޯތު ރީޖަން ލީގު: އޭދަފުށިން މަނަދޫގެ ބަލިކޮށް އުންމީދު އާކޮށްފި

ނޯތު ރީޖަން ލީގު: އޭދަފުށިން މަނަދޫގެ ބަލިކޮށް އުންމީދު އާކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތަރު ވަނަ މެޗުގައި އޭދަފުށިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މި މެޗު ފުރަތަމަ ހާފުގެ 45 މިނިޓާއި ހަމައަށް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި ހާފުގެ 45 ވަނަ […]

ޔުމްނާ ޢަލީ
މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން 📍 ހދ. ހަނިމާދޫ

މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗު ޒޯން1ގެ ޗެމްޕިއަން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަނިމާދޫގައި ކުޅުނު މި މެޗު އެރަށު ޓީމު ކާމިޔާބުކުރީ ޒޯން 2ގެ ޗެމްޕިއަން މަނަދޫގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަކުޅުމެއް ދެއްކިއިރު މި ހާފުގައި ދެ ޓީމުން […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ 📍 ނ. މަނަދޫ

ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ މެޗުތައް މިއަދު ފަށާނެއެވެ. ‘’ބީއެމްއެލް ނޯތު ރީޖަން 2026’’ ގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ޒޯން 1 ގެ ޗެމްޕިއަން ހދ. ހަނިމާދޫ އާއި ޒޯން 2 ގެ ޗެމްޕިއަން ނ. މަނަދޫ އެވެ: ހަނިމާދޫގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. ނޯތު […]

ޔުމްނާ ޢަލީ
މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ މަނަދޫގައި ބާއްވާފައެވެ. މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ އަ...

ޔުމްނާ ޢަލީ
ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި 📍 ނ. މަނަދޫ

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ސިޔާސަތުގެ ދަށުން މ...

އަލީ އާދިލް
ވާދެމުމާއި ފައިގަތަޅާ ކުޅުމުން "ޓީމް 3ބީ" ބަލިކުރެވޭ ވަރުގެ ޓީމެއް މަނަދޫއަކު ނެތް!

ވާދެމުމާއި ފައިގަތަޅާ ކުޅުމުން "ޓީމް 3ބީ" ބަލިކުރެވޭ ވަރުގެ ޓީމެއް މަނަދޫއަކު ނެތް!

ނ. މަނަދޫގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ޓީމް 3B ވަނީ ރެކޯޑުތަކެއް ޤާއިމްކޮށްފައެވެ. މި ޓީމަކީ ވާދެމުމާއި ފައިގަތަޅާ މުބާރާތްތަކުގައި ވިދިވިދިގެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ޚާއްޞަކޮށް އަންހެނުންގެ ވާދެމުމުގެ ބައިން ވިދިވިދިގެން 5 އަހަރު ޗެމްޕިއަންކަން ހޯދުމަކީ މި ޓީމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ. މި ޓީމުގެ ކާމިޔާބީގެ އެންމެ މުހިންމު ސިއްރަކީ ޓީމުގެ މެންބަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ކޮން...

އިބްރާހިމް އަސްވާޤް
އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ނ. މަނަދޫގައި 4 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ޕްރޮޖެކްޓް ސައިޓްތައް މޮބިލައިޒް ކޮށްފިއެވެ. އެމްޓީސީސީން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނީ ރައީސް ޑރ....

އައިޝަތު އައިނީ އާމިރު
މަނަދޫ މީހަކު ގެއްލިގެން ހޯދަނީ 📍 ނ. މަނަދޫ

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ […]

އިބްރާހިމް ޚަލީލް
މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

ދުވަހަކީ މީލާދީން 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. އެއީ ހިޖުރައިން 1376 ވަނަ އަހަރުގެ ޖުމާދަލްއައްވަލް މަހުގެ 29 ވަނަ ދުވަހެވެ. ވެލިދޫގޭ މޫސައިދީ (މޫސާ ދީދީ) ގެ “ކުރަނގި” ދޯނިން 9 މީހަކު މަހަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫ ހަތަރު މީހުންނާއި ކަނޑޫދޫ ދެ މީހުންނާއި މިލަދޫ މީހަކާއި ފޯކައިދޫ މީހަކާއި ގުޅީ މީހެކެވެ. މި އެންމެންނަކީ ވެސް އާންމުކޮށް މަހަށްގޮސް އުޅޭ ކަނޑުމައްޗަށް ފަރިތަ ބައެކެވެ. ހުރިހާ […]

ޢަބްދުﷲ ސަޢީދު