ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗު ޒޯން1ގެ ޗެމްޕިއަން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަނިމާދޫގައި ކުޅުނު މި މެޗު އެރަށު ޓީމު ކާމިޔާބުކުރީ ޒޯން 2ގެ ޗެމްޕިއަން މަނަދޫގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ.

Ad
rt

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަކުޅުމެއް ދެއްކިއިރު މި ހާފުގައި ދެ ޓީމުން ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލިއެވެ.

ދެވަނަ ހާފުގައި ހަނިމާދޫ ވަނީ ކުޅުމުގެ ފަރަގުބޮޑުކޮށް ގާތްގާތުގައި ދެ ގޯލުޖަހައި ލީޑު ނަގާފައެވެ. އެ ގޯލުތައް ޖަހައިދިނީ ސާލިމް މިހައްމަދު އަދި ނާއިލް ޔޫސުފްއެވެ.

ހަނިމާދޫ ވަނީ މި ހާފުގައި އިތުރު ތިން ލަނޑު ޖަހާފައެވެ. ހަނިމާދޫގެ ތިންވަނަ ލަނޑު ސިފާނު ހަސަން ޖަހައިދިންއިރު އަނެއް ދެ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން ނުތް އާސިފް ސަލީމެވެ. މި ހާފުގައި ހަނިމާދޫ އަށް ލީޑު އިތުރަށް ފުޅާކުރަން ރަނުގެ ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވި ވަނީ ގޮއްސައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ އަށް މެޗުގައި ގޯލް ގުޅުވާލަދިން ކުޅުންތެރިޔާ ސާލިމް މިހައްމަދު އެވެ.

ނޯތު ލީގުގެ ބާކީ ހުރި މެޗުތައް

  • 3 މެއި: ދިއްދޫ - އޭދަފުށި
  • 5 މެއި: ދިއްދޫ - ހަނިމާދޫ
  • 6 މެއި: އޭދަފުށި - މަނަދޫ
  • 9 މެއި: ހަނިމާދޫ - އޭދަފުށި
  • 10 މެއި: މަނަދޫ - ދިއްދޫ
  • 13 މެއި: އޭދަފުށި - ހަނިމާދޫ
  • 14 މެއި: ދިއްދޫ - މަނަދޫ
  • 16 މެއި: ހަނިމާދޫ - ދިއްދޫ
  • 17 މެއި: މަނަދޫ - އޭދަފުށި
  • 20 މެއި: އޭދަފުށި - ދިއްދޫ
  • 21 މެއި: މަނަދޫ - ހަނިމާދޫ

މި މުބާރާތް ރާވާފައި ވަނީ ކޮންމެ ޒޯނެއްގެ ފައިނަލަށް ދާ ދެ ޓީމެއް ރީޖަން ލީގަށް ކޮލިފައިވާ ގޮތަށެވެ.

ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.