ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ.
އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.
އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!