މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޯކައިދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޯކައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ފޯކައިދޫ ހޭޅިފަށުން ގަވާއިދާ ޚިލާފަށް ގަސް ކަނޑަނިކޮށް ހުއްޓުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ހޭޅިފަށުން ގަވާއިދާ ޚިލާފަށް ގަސް ކަނޑަނިކޮށް ހުއްޓުވައިފި

ށ. ފޯކައިދޫގެ ހޭޅިފަށުން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކަނޑަމުން ދަނިކޮށް، ފުލުހުންގެ އެހީތެރިކަމާއެކު އެކަން ހުއްޓުވައި އެ ގަސްތައް އެ ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރަށުގެ ހޭޅިފަށުން ގަސް ކެނޑުމާއި ގަސްކަރައަށް ގެއްލުން ދިނުމާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކުގެ އިތުރުން ކައުންސިލުގެ އެންގުންތަކާ ޚިލާފަށް އެ ރަށުގެ ހޭޅިފަށުން ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކޮށަމުންދާ ކަމުގެ މަޢު...

ޔުމްނާ ޢަލީ
މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި 📍 ށ. ފޯކައިދޫ

މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި

ށ. އަތޮޅު މިލަންދުއާއި ފޯކައިދޫގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ފުރަތަމަ ސްލެބް އަދި އާރްސީ ވޯލް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި ފޯކައިދޫ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ. ފޯކައިދޫ އިސް...

ޔުމްނާ ޢަލީ
ފޯކައިދޫގައި ބައުވެފައިވާ މުޞްޙަފުތައް ނައްތާލުމަށް، ކައުންސިލާ ހަވާލުކުރަން އެދެފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ބައުވެފައިވާ މުޞްޙަފުތައް ނައްތާލުމަށް، ކައުންސިލާ ހަވާލުކުރަން އެދެފި

ރައްޔިތުންގެ ގޭގޭގައާއި، އޮފީސްތަކާއި އެހެނިހެން ތަންތަނުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާ މުޞްޙަފުތައް ށ. ފޯކައިދޫ ކައުންސިލް އިދާރާއާ ޙަވާލުކޮށްދިނުމަށް އެ ކައުންސިލުން އެދިއްޖެއެވެ. ފޯކައިދޫ ކައުންސިލުން ބުނީ، ގިނަ ދުވަސްވެ ބައުވުމުގެ ސަބަބުން ކިޔަވަން ދަތިވެ، ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ މުޞްޙަފުތަކާއި ޤުރްއާނުގެ އާޔަތްތައް ލިޔެވިފައިވާ ފޮތްތައް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޙުރުމަތްތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފަ...

ފާތިމަތު ސަޙާ
ފޯކައިދޫގައި އަލަށް އުފަންވި ހުރިހާ ކުދިންނަށް ކައުންސިލްގެ ހަދިޔާ ވައުޗަރު ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި އަލަށް އުފަންވި ހުރިހާ ކުދިންނަށް ކައުންސިލްގެ ހަދިޔާ ވައުޗަރު ހަވާލުކޮށްފި

ށ. ފޯކައިދޫ ކައުންސިލްގެ މެނިފެސްޓޯގައިވާ ވަޢުދާ އެއްގޮތަށް، މި ދައުރުގެ ކައުންސިލަރުން މަޤާމާ ޙަވާލުވި ފަހުން އެ ރަށަށް ނިސްބަތްވެ އަލަށް އުފަންވި ހުރިހާ ކުދިންނަށް “ކައުންސިލްގެ ގިފްޓް ވައުޗަރ” ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން ބުނި ގޮތުގައި، މި ވައުޗަރތައް ހަވާލުކޮށްފައި ވަނީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެދުވެރިކޮށެވެ. މި ހަދިޔާއަކީ ތުއްތު ދަރިފުޅު މި ދުނިޔެއަށް އުފަންވުމުގެ އުފަލުގައި، އެ ޢާއިލާއަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައް...

ޔުމްނާ ޢަލީ
ފޯކައިދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީ ފޯރުކޮށްދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީ ފޯރުކޮށްދީފި

ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މިއަދު ރޯވެ، އެ ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެގޭގައި އުޅުނު ބިދޭސީންނަށް އެރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ އިރުދޭމާގޭގައި މެންދުރުފަހު ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނީ އެރަށު ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެ...

ޔުމްނާ ޢަލީ
ފޯކައިދޫ ގެއެއްގައި އަލިފާންރޯވެ މުޅި ގެ އެއްކޮށް އަނދައި އަޅިއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ގެއެއްގައި އަލިފާންރޯވެ މުޅި ގެ އެއްކޮށް އަނދައި އަޅިއަށް

ށ. ފޯކައިދޫ ގެއެއްގައި އަލިފާން ރޯވެ އެގޭ އެއްކޮށް އަނދައިފިއެވެ. އެރަށު ކައުންސިލުން ބުނީ އަލިފާން ރޯވީ އެރަށު އިރުދޭމާގޭގައި ކަމަށެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ޔުމްނާ ޢަލީ
ފޯކައިދޫ ފެނަކަ ބްރާންޗްގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކައުންސިލުން ކުއްވެރިކޮއްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ފެނަކަ ބްރާންޗްގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކައުންސިލުން ކުއްވެރިކޮއްފި

ށ.ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފޯކައިދޫ ކައުންސިލުންވަނީ ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ 30 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، އެރަށު ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ފޯކައިދޫ ކައުންސިލުން ވަނީ އެއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮއްލުމަށް ވަކި ބަޔަކަށް އަމާޒ...

ފާތިމަތު ސަޙާ
ފޯކައިދޫ އަންހެނުންގެ ކޮމިޓީއިން އެ ރަށުގައި ޖަމާޢަތްތެރިކަން ދަސްކޮއްދޭ ޕްރޮގްރާމެއް ހިންގަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ އަންހެނުންގެ ކޮމިޓީއިން އެ ރަށުގައި ޖަމާޢަތްތެރިކަން ދަސްކޮއްދޭ ޕްރޮގްރާމެއް ހިންގަނީ

ށ.ފޯކައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މކ) އިން، ޖަމާޢަތްތެރިކަމުގެ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް، ޚާއްސަ ޕްރޮގްރާމެއް ހިންގަން ތައްޔާރުވެއްޖެއެވެ. ދީނީ އަދި އިޖްތިމާޢީ ނުހަނު މުޙިންމު ޚިދުމަތެއް ކަމުގައިވާ ޖަމާޢަތްތެރިކަމުގެ (ކަށުކަމާކެމީގެ)  ކަންކަން ދަސްކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދެ ޖިންސްގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފައިވާކަމަށް ފޯކައިދޫ އތމ ކޮމިޓީއިން މަޢުލޫމާތު ދެއްވިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި 02 ސެޕްޓެމްބަރު 2...

ފާތިމަތު ސަޙާ
ފޯކައިދޫގައި އެމްޑީޕީ ދިރުވުމުގައި އިސް ދައުރެއް އަދާކުރި ފަރީދު ޕީއެންސީ އަށް ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި އެމްޑީޕީ ދިރުވުމުގައި އިސް ދައުރެއް އަދާކުރި ފަރީދު ޕީއެންސީ އަށް ސޮއިކޮށްފި

ށ. ފޯކައިދޫގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިކުރު ދިރުވުމުގައި އިސް ދައުރެއް އަދާކުރި ހުސައިން ފަރީދު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ފަރީދަކީ ދެ ދައުރެއްގައި އެރަށު ކައުންސިލް މެމްބަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އަދި އެރަށުގައި އެމްޑީޕީގެ ފިކުރު ދިރިވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފަރީދު ޕީއެންސީއާ ގުޅިފައި މިވަނީ އެރަށުގެ އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އޭނާ އާއި ދެމެދު އުފެ...

އަލީ އާދިލް
ށ.އަތޮޅުގައި އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް ޑޮކް ކުރާ ރަށަކަށް ފޯކައިދޫ ހެދުމަށް މަޝްވަރާކޮށްފި 📍 ށ. ފޯކައިދޫ

ށ.އަތޮޅުގައި އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް ޑޮކް ކުރާ ރަށަކަށް ފޯކައިދޫ ހެދުމަށް މަޝްވަރާކޮށްފި

ށ. އަތޮޅުގައި އެމްއެންޑީއެފުން އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް ޑޮކް ކުރާ ރަށަކީ އަތޮޅުގެ މެދުގައި އޮންނަ ފޯކައިދޫ ކަމުގައި ހަމަޖެއްސުމާ ގުޅޭގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއެކު ފޯކައިދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ފޯކައިދޫ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް، އެމްއެންޑީއެފް ނޮދާން އޭރިޔާ ކޮމާންޑާ ބްރިގޭޑިޔާ ޖެނެރަލް އިސްމާޢީލް ޝަރީފު އެ ރަށަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ބޭއްވި ބައްދަލުވުމުގައެވެ. މ...

ފާތިމަތު ސަޙާ
ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި

ށ. ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބެލެހެއްޓުމަށް އަލަށް އެކުލަވާލާ އުޞޫލަކީ، ރަށުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އުޞޫލަކަށް ހެދުމެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަނީި ތިން ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ބަދަރު ބެލެހެއްޓުމުގެ އުޞޫލާއި ގުޅޭ މަޢުލޫމާތު އޮޑިވެރިންނާ ހިއްސާކޮށް، އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވު...

ފާތިމަތު ސަޙާ
ފޯކައިދޫ ޑަބްލިޔުޑީސީން ބޭއްވި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ޑަބްލިޔުޑީސީން ބޭއްވި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 4 އިން 12 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 28 ބައިވެރިން ބައިވެރިވެ، ޕޭސްޓްރީގެ ދާއިރާއިން އައު ހުނަރުތަކެއް ދަސްކޮށްފައިވެއެވެ. “ކްރިއޭޓިވް ޕްރޮޑަކްޓްސް” ގެ ފަރާތުން ފާތިމަތު ނާޝީދާ ކިޔަވައިދެއްވި މި ކޯހުގައި، ތަފާތު 30 ބާވަތެއްގެ ޕޭސްޓްރީ ތައްޔާރުކުރާނެ ގޮތް އަމަލީގޮތ...

ޝިއުނާ އާދަމް
ފޯކައިދޫގައި ކުނިވާ ޒާތު ކުނި ނައްތާލުމަށް ޖެޓީއެއް އެޅުމަށް ޕާކިސްތާނު ވިޔަފާރިވެރިއެއްގެ އެހީ ވަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ކުނިވާ ޒާތު ކުނި ނައްތާލުމަށް ޖެޓީއެއް އެޅުމަށް ޕާކިސްތާނު ވިޔަފާރިވެރިއެއްގެ އެހީ ވަނީ

ށ. ފޯކައިދޫގައި ކުނިވާ ޒާތުގެ ކުނި ނައްތާލުމުގެ ބޭނުމުގައި އެ ރަށު ކައުންސިލުން ތަރައްޤީކުރަން ބޭނުންވާ ޖެޓީ އެޅުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ އެހީތެރިކަން ލިބޭގޮތް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ފަންޑު ހޯދުމަށް ކައުންސިލުން ކުރި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އެ ފަރާތާއެކު ނުރަސްމީ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. މި ޖެޓީއަކީ ހާއްސަކޮށް މަހުގެ ބޮލާއި ކަރުގޮހޮރުގެ އިތުރުން ކުނިވާ ޒާތުގެ ތަކެތި...

ޔުމްނާ ޢަލީ
'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް 📍 ށ. ފޯކައިދޫ

'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް

ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ‘ވިޒިޓް ފޯކައިދޫ’ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ޒިޔާރަތްކޮށްފިއެވެ. ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދެވެ. ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ދިވެހި ވަންތަ ހޫނު ނަރުޙަބާއެއް ކިޔާފައިވާއިރު، އޭނާ އަށް ފޯކައިދޫން ފުރަތަމަ މަރުޙަބާ ކިޔާފައި ވ...

ޔުމްނާ ޢަލީ