ރައްޔިތުންގެ ގޭގޭގައާއި، އޮފީސްތަކާއި އެހެނިހެން ތަންތަނުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާ މުޞްޙަފުތައް ށ. ފޯކައިދޫ ކައުންސިލް އިދާރާއާ ޙަވާލުކޮށްދިނުމަށް އެ ކައުންސިލުން އެދިއްޖެއެވެ.
ފޯކައިދޫ ކައުންސިލުން ބުނީ، ގިނަ ދުވަސްވެ ބައުވުމުގެ ސަބަބުން ކިޔަވަން ދަތިވެ، ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ މުޞްޙަފުތަކާއި ޤުރްއާނުގެ އާޔަތްތައް ލިޔެވިފައިވާ ފޮތްތައް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޙުރުމަތްތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފައިވާކަމަށެވެ.
އެ ގޮތުން އެ ފަދަ މުސްޙަފްތައް 01 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ޙަވާލު ކޮއްދެއްވުމަށް އެ ފަރާތުން އިލްތިމާސްކޮއްފައިވެއެވެ.
ކީރިތި ޤުރްއާނުގެ މާތްކަން ރައްކާތެރިކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރިއަށްގެންދާ މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފޯކައިދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!