މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (785 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
785 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

785 ޚަބަރުގެ ތެރެއިން
ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް 📍 ހއ. ދިއްދޫ 1 މިނިޓު

ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް

ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރުމަށާއި ކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ޝިއުނާ އާދަމް
ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް

ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ....

ފާތިމަތު ސަޙާ
ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''

ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ...

އަލީ އާދިލް
ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ހިންގުމަށް ނިންމާފައިވާ މޭކަޕް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ދިއްދޫގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން، އެ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މޭކަޕް ކޯސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހ...

ފާތިމަތު ސަޙާ
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް މިރޭ ދިއްދޫގައި، އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތެއް! 📍 ހއ. ދިއްދޫ

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް މިރޭ ދިއްދޫގައި، އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތެއް!

ހއ. ދިއްދޫގައި އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ސެޝަނަކީ ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ދިއްދޫ ކައުންސިލްގެ އިތުރުން އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަށުގެ 18 އަހ...

ޔުމްނާ ޢަލީ
މޮޅަށް ކުޅުނު ދިއްދޫ އަށް މިއަދުވެސް ނަސީބު އެހީއެއް ނުވި 📍 ހއ. ދިއްދޫ

މޮޅަށް ކުޅުނު ދިއްދޫ އަށް މިއަދުވެސް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކުން މިއަދު ބަލިވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ އަށް ކާމިޔާބު ކުރެވުނީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. މީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ބަދުނަސީބުގޮތަކަށް އެއްވަރުވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 […]

ޔުމްނާ ޢަލީ
ދިއްދޫ ރަށުގައި ކުޅޭ ތިން ވަނަ މެޗު މިއަދު 📍 ހއ. ދިއްދޫ

ދިއްދޫ ރަށުގައި ކުޅޭ ތިން ވަނަ މެޗު މިއަދު

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅޭ ތިންވަނަ މެޗުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. ދިއްދޫ ވަނީ ރަށުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެ ދެމެޗު ވެސް ވަނީ ބަދުނަސީބު ގޮތަކަށް ދިއްދޫ ކުރީގައި އޮވެ ނިމެންދަނިކޮށް އެއްވަރުވެފައެވެ. މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު […]

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގެ ބީލަމަށް އިތުރު މުއްދަތެއް ދީފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގެ ބީލަމަށް އިތުރު މުއްދަތެއް ދީފި

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ހުޅުވާލި ބީލަމުގެ މުއްދަތު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން އިތުރުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ބަދަލު ގެނައީ، ބީލަން އިވެލުއޭޓު ކުރުމަށް ބޭނުންކުރާނެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން ކަމަށެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް [...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމ...

ޔުމްނާ ޢަލީ
އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު 📍 ހއ. ދިއްދޫ

އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކްލަބް އީގަލްސް އާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު ވަގުތު އީގަލްސް އިން ޖެހި ލަނޑާއެކު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ. މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައި ކުރިހޯދީ ކްލަބް އީގަލްސް އިންނެވެ. އެ ޓީމުން މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. […]

ޔުމްނާ ޢަލީ
ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ 📍 ހއ. ދިއްދޫ

ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކުލަބާއި، ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކުލަބަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދީފިއެވެ. މި ދެ ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ރަސްމީކޮށް ދީފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. އެފްއޭއެމްގެ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުން ދިއްދޫ އަދި ގައ...

ޔުމްނާ ޢަލީ
''ލަތީފްގެ ކޯލްތަކުން ލޮލުފިޔަ ނުޖެހޭ''، ލިބުނީ ދިއްދޫ ފުޓްބޯޅަ ހަބަކަށް ހެދުމުގެ ޔަގީންކަން 📍 ހއ. ދިއްދޫ

''ލަތީފްގެ ކޯލްތަކުން ލޮލުފިޔަ ނުޖެހޭ''، ލިބުނީ ދިއްދޫ ފުޓްބޯޅަ ހަބަކަށް ހެދުމުގެ ޔަގީންކަން

ހއ. ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ހެދުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ޓީމުތައް ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްގީކުރުމުގެ ޔަގީންކަން ކުޅިވަރާ ބެހޭ އިސް ވެރިން އެ ރަށުގެ ރައްޔިތުންނަށް ދެއްވީ ދިވެހި ޕްރިމިއަ ލީގުގައި ދިއްދޫ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު ޝަރަފުވެރިކޮށްދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ދިއްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެފްއޭއެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގ...

އަލީ އާދިލް
މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ 📍 ހއ. ދިއްދޫ

މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބަށާއި، ގދ. ގައްދޫގެ، ގައްދޫ ރެކްރިއޭޝަން ކްލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދޭން ނިންމައިފިއެވެ. މި ނިންމުމާއެކު އެ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމުގައި ބަސްބުނުމުގެ އިތުރުން ވޯޓު ލުމުގެ ފުރުސަތު ވެސް އެ ދެ ކްލަބަށް ލިބިގެންދާނެއެވެ. ރަސްމީ ސިފައެއްގައި ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަނަކީ އެފްއޭއެމްގެ މެމްބަރު ކްލަބުތ...

ޔުމްނާ ޢަލީ
ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު...

ފާތިމަތު ސަޙާ
ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި 📍 ހއ. ދިއްދޫ

ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗަށްފަހު އެރަށުގައި ބޭއްވި ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ރޭ ދިއްދޫ އިން ފުރައިފިއެވެ. 10 އޮކްޓޯބަރުގައި ދިއްދޫ ދަނޑުގައި ނިއު އާއި ދިއްދޫގެ ކުރިމަތިލުމަކީ އުތުރުގެ ރަށެއްގައި މިފެންވަރުގެ މެޗެއް ކުޅެވުނު ތާރީޚީ ކުރިމަތިލުމެކެވެ. އެ މެޗުގައި ދިއްދޫ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި 10 މިނިޓް ހަމަވަންދެން ވެސް 2-1 އިން ނިއުގެ މަށްޗަށް […]

ޔުމްނާ ޢަލީ