ށ. މަރޮށި ކައިރިއަށް ހުއިފިލަނޑާ ނަގަން ގޮސް އުޅެނިކޮށް ރ. ދުވާފަރު ޒުވާނަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާން އެވެ.
ޝައްފާންގެ އާއިލާއިން ''ތިލަދުން'' އަށް މައުލޫމާތު ދިން ގޮތުގައި ޝައްފާން ނިޔާވީ، މޫދުގައި ފީނަން އޮވެފައި ދޯންޏަށް ވެސް އެރި ފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:15 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން އޭނާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!