ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ''ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026'' ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ.

Ad
rt

ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 އިން 3 ވަނަ ލިބުނީ މުޙައްމަދު އަމާން ޢަބުދުﷲ އަށެވެ. ކީސްޓޭޖް 2 އިން 1 ވަނަ އީލާފް ހޯދިއިރު، 2 ވަނަ ހޯދީ އައިރާ އެވެ. އަދި 3 ވަނަ ހޯދީ އަޒްހާ ހަސަން ޒާހިރެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 3 އިން 2 ވަނަ އާޢިޝަތު އިލްމަން ޠާހާ ހޯދިއިރު، 3 ވަނަ ހޯދީ އާޢިޝަތު އީޝަލް އަބުދުއްރައޫފް އެވެ. އަދި މިގޮފިން ކީސްޓޭޖް4 އިން 2 ވަނަ ހޯދީ މިޝްކާ އެވެ.

މި މުބާރާތުގައި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދީ އަމާން އެވެ.

ފިނޭ ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ފިނޭގެ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙާއި، ޤުރްއާނާއި މެދު ލޯބި އުފެއްދުމާއި، ފިނޭގެ އެންމެހާ ރައްޔިތުންގެ މެދުގައި ތަޖުވީދުގެ ހަމަތަކުގެ މަތިން ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގައި ވާދަވެރި މާއުލެއް އުފެއްދުމެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ރޮގުން އަތޮޅާއި ޤައުމީ ފެންވަރުގައި ފިނޭ ތަމްސީލް ކުރާނެ ދަރިންތަކެއް އުފެއްދުމަކީ ވެސް މި މުބާރާތުގެ މަގްޞަދެކެވެ.