ހދ. ކުރިނބީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ކުރިނބީ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
09 ސެޕްޓެމްބަރ 2026ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނި ގޮތުގައި، މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި އިމްތިހާނުތަކަށް ތައްޔާރުވާނެ ގޮތްތަކުގެ އިތުރުން، ދަރިވަރުންގެ ޤާބިލުކަން ތަރައްޤީކުރުމާ ގުޅޭގޮތުން ވެސް އަގުހުރި މައުލޫމާތުތަކެއް ވަނީ ދީފައެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން، ސުކޫލު ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ދަސްވެގެންދާނެކަމަށް ވެސް ޕޮލިހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!