ށ. ފީވަކު ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފަ އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަަސައްކަތް ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެޒ އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

މީގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 49.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.