ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 29 ޖެނުއަރީ ގައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 40,420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14,743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމާއި 356 މީޓަރުގެ ބޭރުތޮށި ލުމާއި، 182 މީޓަރު ރިވެޓްމެންޓް ޖެހުމާއި 27 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި، 2،320 އަކަ މީޓަރުގެ
ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ނިންމާފައެވެ.