ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ "މަންފާ ދަތުރު"ގެ މިފަހަރުގެ ދަތުރުގެ ޚާއްޞަކޮށްފައި ވަނީ ށ. ކޮމަންޑޫ އަށެވެ.

ކޮމަންޑޫ ކައުންސިލުން ބުނިގޮތުގައި މިއަދު އެރަށުގައި މަންފާ ދަތުރުގެ ހަރަކާތްތައް ފެށޭނެއެވެ. މަންފާ ޖަމިއްޔާއާއި ކޮމަންޑޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ މި ދަތުރުގައި ކޮމަންޑޫގެ އެހެން ގިނަ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ.

Ad
rt

ކޮމަންޑޫ މަންފާ ދަތުރުގައި މިއަދު ފުރަތަމަ އޮންނާނީ 13:30 ގައި ފެށޭ ނަމާދު ވޯކްޝޮޕެވެ. ޖުމްލަ ތިން ސެޝަނަށް ގެންދާ ނަމާދު ވޯކްޝޮޕްގެ އިތުރުން މިރޭ ބަންގި ސެޝަނެއް ވެސް އޮންނާނެއެވެ.

މަންފާ ދަތުރުގެ ތެރެއިން އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދާ ދަރުސް އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ. އަދި ރޭގަނޑު 20:30 ގައި ޕަބްލިކް ފޯރަމެއް އޮންނާނެއެވެ.

މި ދަތުރުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނީ، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޚް ޢަބުދުﷲ މިފްޒާލް އެވެ.

މަންފާ ދަތުރެއް އެންމެ ފަހުން ކޮށްފައި ވަނީ ށ. އަތޮޅުގެ މިލަންދޫ އަށެވެ. އެ ދަތުރު ކުރިއަށް ގެންދިޔައީ މި މަހުގެ ފުރަތަމަ ހަފްތާގައެވެ.